Advertisement
ކ. މާލެ
|
7 މެއި 2017 | އާދީއްތަ 18:39
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒު
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒު
ރާއްޖެ އެމްވީ
އަބްދުﷲ ރިޔާޒު
ރިޔާޒްގެ މައްސަލަ ކެންސަލް ކޮށްފި
ކެންސަލް ކޮށްފައިވަނީ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްކަމަށް ކަނޑައެޅުމާއި ގުޅިގެން

އާދީއްތަ ދުވަހުގެ ހަވީރު 3:00 އަށް ތާވަލްކޮށްފައި އޮތް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ޝަރީއަތް  ކެންސަލް ކޮށްފިއެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

ރިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ އެޕްރީލް  13 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުވާ އިއްވުމުން ރިޔާޒް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.

ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓް އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް