ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 07:55
އެމްޑީޕީ ސަޕޯޓަރުންތަކެއް ފިޔާތޮށި ކުލަ ލާފައިވާ ރުކެއް ކަނޑާލަނީ
އެމްޑީޕީ ސަޕޯޓަރުންތަކެއް ފިޔާތޮށި ކުލަ ލާފައިވާ ރުކެއް ކަނޑާލަނީ
ރާއްޖެއެމްވީ
އެމްޑީޕީ ސަޕޯޓަރުންތަކެއް ރުކެއް ކަނޑާލުން
"ﷲ އަކުބަރު" ގޮވަމުން ފިޔާތޮށި ކުލަ ލާފައިވާ ރުކެއް ކެނޑި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
 
އެމްޑީޕީގެ އެއްވެސް މެންބަރަކު އަދި ތާއީދުކުރާ އެއްވެސް ފަރާތަކުން ވެސް މިފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރަން
 
އެފަދަ އަމަލުތައް ހިންގުމަކީ އެމްޑީޕީން އެއްގޮތަކަށް ވެސް ހިތްވަރުދޭނެ ކަމެއް ނޫން

އެމްޑީޕީ ސަޕޯޓަރުންތަކެއް "ﷲ އަކްބަރު" ގޮވަމުން ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑާލި މައްސަލަ އެ ޕާޓީން ކުށްވެރިކޮށްފިއެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެފަދަ އަމަލުތައް ހިންގުމަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ. "އެމްޑީޕީގެ އެއްވެސް މެންބަރަކު އަދި މި ޕާޓީއަށް ތާއީދުކުރާ އެއްވެސް ފަރާތަކުން ވެސް މިފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރަން،" އެމްޑީޕީން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.

އެމްޑީޕީ ސަޕޯޓަރުންތަކެއް ފިޔާތޮށި ކުލަ ލާފައިވާ ރުކެއް ކަނޑާލާ ވީޑިއޯ އެއް ސޯޝަލް މީޑިޔާގައި އަންނަނީ ވަރަށް ބޮޑަށް ވައިރަލްވަމުންނެވެ. މި ވީޑިއޯ ގިނަ ބަޔަކު ޝެއަރކުރަމުން އަންނައިރު މިކަމަށް ނުރުހުން ފާޅުކޮށް ގިނަ ބަޔަކު އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

ކަރަންޓު ކީހަކުން ރުއް ކަނޑާލަމުންދާއިރު އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް އެމަންޒަރު ބަލަންތިބޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. އަދި ރުއް ކަނޑާލަމުންދިޔަ ވަގުތު ބައެއް ސަޕޯޓަރުން "ﷲ އަކުބަރު" ގޮވަމުންދާ އަޑު އިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
17 އޭޕްރިލް 2021 | ހޮނިހިރު 09:33
އައްޔަ
ނިކަން ކެރެންޏާ ވައްޑެ ދެއްކި ވާހަކަ ކުއްވެރި ކޮށްލަ ބަލަ
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތުކަމަށް ގަބޫލެއް ނުކުރަން: ފައްޔާޒު
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުން - އެމްޑީޕީ