ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 21:08
ކައުންސިލް އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ
ކައުންސިލް އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ
ރާއްޖެ އެމްވީ
އިލެކްޝަންސް ކޮމިޝަން
ވޯޓުފޮށިތައް ބަންދުކުރުން ހަވީރު 06:00 ބަދަލުކޮށްފި
ވޯޓު ފޮށިތައް ބަންދުރުން ލަސް ކުރީ ބައެއް ވޯޓުފޮށިތައް ކަނޑައެޅިފައިވަ ގަޑިއަށްވުރެ ލަހުން ވޯޓުލުން ފެށުމުން

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް ހަވީރު 06:00 ގައި ބަންދުކުރުމަށް ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށްދާ އިރު ވޯޓުލުން ފެށުމުގައި ވެސް ލަސްތަކެއް ކުރިމަތިވި އެވެ.

މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، ވޯޓުލުން ހަވީރު 06:00 އަށް ލަސް ކުރުމަށް ނިންމީ، ބައެއް ވޯޓުފޮށިތައް ގަޑިއަށް ނުފެށުމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

މީގެ އިތުރުން ވޯޓުލުން ފެށުން ލަސްވެގެންދިޔަ ވޯޓު ފޮށިތައް ބަންދުކުރުން 08:00 ޖެހުމަށް ވެސް ދެމިގެންދާނެ އެވެ

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުން ކުރިއަށްދާއިރު މާލޭގެ ގިނަ ސަރަހައްދުތަކުގައި ވަނީ ވޯޓު ފޮށިތައް ބެހެއްޓިފަ އެވެ.

ރާއްޖޭގައި ތިންވަނަ ފަހަރަށް ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބުގައި 422 ވޯޓު ފޮށި ވަނީ ބެހެއްޓިފަ އެވެ. ވޯޓުލުމުގެ ހައްގުލިބިފައިވާ 255،000 މީހުން ހިމެނެ އެވެ. ވޯޓުލުމުގެ ފުރުސަތު އިތުރު ދެ ގަޑިއިރަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ އިރު މާލޭގައި ބެހެއްޓިފައިވާ ފޮށިތަކާއި އަތޮޅުތަކުގައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކަށް ވޯޓުލަންދާ މީހުންގެ އަދަދު މަދުކަން ފާހަގަކޮށްލެވެ އެވެ. އިލެކްޝަންސް ކޮމިޝަނުންވަނީ އިންތިހާބާއި ގުޅިގެން ފޭކު ވޯޓު ކަރުދާސްތަކެއް އުޅޭކަމުގެ މައުލޫމާތުތަކެއް ލިބިފައިވާކަން ފާހަގަކޮށް، އެކަމަށް ވޯޓުލާންދާ ފަރާތްތަކުން ސަމާލުވުމަށް އެދިފަ އެވެ.

- ކޮމެންޓް