ކ. މާލެ
|
12 އޭޕްރިލް 2021 | ހޯމަ 06:55
ޕްރިންސް ފިލިޕް
ޕްރިންސް ފިލިޕް
ރޮއިޓަރސް
ޕްރިންސް ފިލިޕް އަވަހާރަވުން
ޕްރިންސް ފިލިޕް ފަސްދާނުވެޑުވުމުގެ ރަސްމިއްޔާތަށް ހާޒިރުވެވޭނީ 30 މީހުނަށް
 
ޕްރިންސް ފިލިޕް ފަސްދާނުވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ފަރާތްތަކުން ގައިދުރުކަމާއި މަސްކު އެޅުން މަޖުބޫރުވާނެ
 
މި ރަސްމިއްޔާތުގައި ބައިވެރިވެވޭނީ ޑޫކްގެ ދަރިންނާއި ކާފަ ދަރިންނާއި އާއިލާގެ ގާތް މެމްބަރުންނަށް

ޕްރިންސް ފިލިޕް ފަސްދާނުވެޑުވުމުގެ ރަސްމިއްޔާތަށް ހާޒިރުވެވޭނީ 30 މީހުނަށް ކަމަށް ޝާހީ އާއިލާއިން ހާމަކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މި ރަސްމިއްޔާތުގައި ބައިވެރިވާނީ ޑޫކްގެ ދަރިންނާއި ކާފަ ދަރިންނާއި އާއިލާގެ ގާތް މެމްބަރުންނެވެ. އަދި މުޅި ޖުމްލަ މި ރަސްމިއްޔާތުގައި ބައިވެރިވެ ވޭނީ 30 މީހުނަށް ކަމަށް ޝާހީ އާއިލާއިން ބުނެއެވެ.

މީގެ އިތުރުން ޝާހީ އާއިލާއިން ވަނީ ޕްރިންސް ފިލިޕް ފަސްދާނުވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ފަރާތްތަކުން ގައިދުރުކަމާއި މަސްކު އެޅުން މަޖުބޫރުވާނެ ކަމަށް ބުނެފައެވެ. އަދި މި ރަސްމިއްޔާތައް ހާޒިރުވާ ފަރާތްތަކުގެ ލިސްޓު ބުރާސްފަތި ދުވަހު އިއުލާން ކުރައްވާނެ ކަމަށް ބުނެފައިވެއެވެ.

ޝާހީ އާއިލާގެ މެމްބަރުން ވަނީ ޑޫކް އަވަހާރަވުމާއި ގުޅިގެން ކުއީން އެލިޒަބަތުގެ އަރިހަށް ޒިޔާރާތް ކޮށްފައެވެ.

ފްރިންސް ފިލިޕް ފަސްދާނުވެޑުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކެންޓަބަރީ ކެތީޑްރަލްގައެވެ. ޕްރިންސް ފިލިޕް ފަސްދާނުވެޑުވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ވިންޑްސޯ ކާސަލްގައި ހުންނަ ސެއިންޓް ޖޯޖު ޗެޕަލްގައެވެ.

މިއަހަރުގެ ކުރީކޮޅުވެސް ޕްރިންސް ފިލިޕްގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވެއެވެ. އޭރު މަހެއް ވަންދެން އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ. ޕްރިންސް ފިލިޕްގެ ހަޔާތުގެ ބޮޑުބައި ހޭދަ ކުރެއްވީ ދުޅަހެޔޮ ސިއްހަތެއްގައެވެ. ނަމަވެސް 2011 ވަނަ އަހަރު ހިތުގެ ނާރެއް ބްލޮކްވެގެން ފަރުވާ ހޯއްދަވާފައިވާއިރު 2012 ވަނަ އަހަރު ބްލެޑަރގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވާފައި ވެއެވެ.

ޕްރިންސް ފިލިޕާއި ރާނީ އެލިޒަބަތު ކައިވެނިބައްލަވައިގަތީ 1947 ވަނަ އަހަރުއެވެ. އެއީ އެކަމަނާ ރާނީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ 5 އަހަރު ކުރިންނެވެ. އަވަހާރަވިއިރު ޕްރިންސް ފިލިޕާއި ރާނީގެ އެލިޒަބަތުގެ 4 ބޭފުޅުން ތިއްބަވައެވެ.

ޕްރިންސް ފިލިޕަކީ ދިވެހިރާއްޖެއިން މެހުމާނުންނަށް އަރުވާ އެންމެ މަތީ ޝަރަފުކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު 1972 ވަނަ އަހަރުގެ މާޗް މަހު އެރުވިފައިވާ އިއްޒަތްތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
67%
0%
0%
0%
0%
ކޮމެންޓް