ކ. މާލެ
|
9 އޭޕްރިލް 2021 | ހުކުރު 17:05
ޕްރިންސް ފިލިޕް- ޕްރިންސް ފިލިޕް އަވަހާރަވީއިރު އުމުރުފުޅުން 99 އަހަރު
ޕްރިންސް ފިލިޕް- ޕްރިންސް ފިލިޕް އަވަހާރަވީއިރު އުމުރުފުޅުން 99 އަހަރު
ރޮއިޓަރސް
ޕްރިންސް ފިލިޕް އަވަހާރަވުން
ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އުމުރުފުޅުން 99 އަހަރުގައި އަވަހާރަވެއްޖެ
 
ދިވެހިރާއްޖެއިން މެހުމާނުންނަށް އަރުވާ އެންމެ މަތީ ޝަރަފުކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު 1972 ގައި ޕްރިންސް ފިލިޕަށް އެރުވިފައިވޭ
 
އަވަހާރަވިއިރު ޕްރިންސް ފިލިޕާއި ރާނީގެ އެލިޒަބަތުގެ 4 ބޭފުޅުން ތިއްބަވާ
 
ޕްރިންސް ފިލިޕާއި ރާނީ އެލިޒަބަތު ކައިވެނިބައްލަވައިގަތީ 1947 ވަނަ އަހަރު

އިނގިރޭސީ ރާނީ އެލިޒަބަތު 2ގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ.

ޕްރިންސް ފިލިޕް އަވަހާރަވީއިރު އުމުރުފުޅުން 99 އަހަރެވެ. ޝާހީ އާއިލާއާ ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން ފިލިޕް އަވަހާރަވެފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވިންޑްސަރ ގަނޑުވަރުގައެވެ.

ޕްރިންސް ފިލިޕް އަވަހާރަވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޝާހީ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

މިއަހަރުގެ ކުރީކޮޅުވެސް ޕްރިންސް ފިލިޕްގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވެއެވެ. އޭރު މަހެއް ވަންދެން އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ. ،ޕްރިންސް ފިލިޕްގެ ހަޔާތުގެ ބޮޑުބައި ހޭދަ ކުރެއްވީ ދުޅަހެޔޮ ސިއްހަތެއްގައެވެ. ނަމަވެސް 2011 ވަނަ އަހަރު ހިތުގެ ނާރެއް ބްލޮކްވެގެން ފަރުވާ ހޯއްދަވާފައިވާއިރު 2012 ވަނަ އަހަރު ބްލެޑަރގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވާފައި ވެއެވެ.

ޕްރިންސް ފިލިޕާއި ރާނީ އެލިޒަބަތު ކައިވެނިބައްލަވައިގަތީ 1947 ވަނަ އަހަރުއެވެ. އެއީ އެކަމަނާ ރާނީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ 5 އަހަރު ކުރިންނެވެ. އަވަހާރަވިއިރު ޕްރިންސް ފިލިޕާއި ރާނީގެ އެލިޒަބަތުގެ 4 ބޭފުޅުން ތިއްބަވައެވެ.

ޕްރިންސް ފިލިޕަކީ ދިވެހިރާއްޖެއިން މެހުމާނުންނަށް އަރުވާ އެންމެ މަތީ ޝަރަފުކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު 1972 ވަނަ އަހަރުގެ މާޗް މަހު އެރުވިފައިވާ އިއްޒަތްތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
100%
0%
0%
0%
0%
ކޮމެންޓް