ކ. މާލެ
|
24 މާރޗް 2021 | ބުދަ 07:23
ޕްރިންސް ހެރީ- ހެރީވަނީ އަދާ ކުރައްވާ އައު ވަޒީފާއާ ގުޅޭގޮތުން ސްޓޭޓްމަންޓެއް ދެއްވާފައި
ޕްރިންސް ހެރީ- ހެރީވަނީ އަދާ ކުރައްވާ އައު ވަޒީފާއާ ގުޅޭގޮތުން ސްޓޭޓްމަންޓެއް ދެއްވާފައި
ރޮއިޓަރސް
ޕްރިންސް ހެރީ ވަޒީފާ އަދާކުރެއްވުން
ޕްރިންސް ހެރީ މެންޓަލް ހެލްތް ފާރމްއެއްގެ ވަޒީފާއަކަށް!
 
ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހިފައިވާ މުހިއްމު ކަމެއް
 
ހެރީ މަސައްކަތް ކުރައްވާނީ އެ ކުންފުނީގެ ސެންފްރާސިސްކޯ ހެޑްކުއާޓަރސް ގައި
 
މުސާރައާ ގުޅޭ ތަފްސީލުތައް ސާފުނުވާކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވޭ

ޕްރިންސް ހެރީ މެންޓަލް ހެލްތް ފާރމްއެއްގައި ވަޒީފާ އަދާ ކުރެއްވުމަށް ނިންމަވަފައިފިއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެމެރިކާގެ ކޯޗިންގ އެންޑް މެންޓަލް ހެލްތް ފާރމެއްކަމަށްވާ "ބެޓަރ އަޕް" ގައި ޗީފް އިމްޕެކްޓް އޮފިސަރެއްގެ ވަޒީފާ އަދާ ކުރެއްވުމަށް ހެރީ ގެންދަވަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ހެރީގެ މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާ ކުރައްވާ ގަޑީގެ އިތުރުން، މުސާރައާ ގުޅޭ ތަފްސީލުތައް ސާފުނުވާކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. މިއީ ހެރީ ޝާހީ އާއިލާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންނެވި ފަހުން އަދާ ކުރައްވާ ފުރަތަމަ ވަޒީފާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެކަމާ ގުޅޭގޮތުން ދެއްވި ޚއްސަ ސްޓޭޓްމަންޓެއްގައި ޕްރިންސް ހެރީ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހިފައިވާ މުހިއްމު ކަމެއް ކަމަށާއި، މި ވަޒީފާގެ މައިގަނޑު އަމާޒަކީ އެފަދަ މައްސަލަތަކާ ގުޅޭގޮތުން މީހުން އިތުރަށް ހޭލުންތެރި ކުރުވައި، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ޕްލެޓްފޯރމްއެއް ޤާއިމު ކޮށްދެއްވުން ކަމަށެވެ. އަދި ޖިސްމާނީ ދުޅަހެޔޮކަމާއި އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުވުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ހެރީގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ.

ބެޓަރ އަޕްގެ ސީއީއޯ އެލެކްސީ ރޮބިޝޯކްސްއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ހެރީ މަސައްކަތް ކުރައްވާނީ އެ ކުންފުނީގެ ސެންފްރާސިސްކޯ ހެޑްކުއާޓަރސް ގައެވެ. 2013 ވަނަ އަހަރު އުފެއްދި މި ކުންފުންޏަކީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ކޯޗިންގ އާއި، ކައުންސެލިންގ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ސީނިއަރ މެމްބަރުންގެ ގޮތުގައި އަދާކުރައްވަމުން ގެންދެވި މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވީ މާލީ މިނިވަންކަން ބޭނުންވާތީކަން މީގެ ކުރިން ފާހަގަ ކުރައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
11%
44%
0%
22%
11%
11%
ކޮމެންޓް
24 މާރޗް 2021 | ބުދަ 08:05
ޢަލީ މުޙައްމަދު
ދެރައީ ރާއްޖޭމީހުން ކިރޮޔާވެސް މުއްސަދިކަމެއް ލިބިއްޖެނަމަ މަސައްކަތާާާ ދުރައްދާތީ އަދި އެމީހުންގެ ދަރިންވެސް މަސައްކަތާ ގާތްކުރަން ބޭނުންނުވާތީ