Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 06:06
ސޯޝަލް މީޑިއާގެ އެކްޓިވިސްޓް ތަޮއްޔިބު ޝަހީމް
ސޯޝަލް މީޑިއާގެ އެކްޓިވިސްޓް ތަޮއްޔިބު ޝަހީމް
ރާއްޖެއެމްވީ
ތޮއްޔިބު ޝަހީމް
ސޯޝަލް މީޑިއާގެ އެކްޓިވިސްޓް ތޮއްޔިބުގެ ޓްވިޓާ ވެރިފައި ކޮށްފި
ތޮއްޔިބަށް ވަނީ މީގެ ކުރިން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ގައިދީއެއްގެ ލަގަބު ވެސް ލިބިފައި

ސޯޝަލް މީޑިއާގެ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ޓްވިޓާ އެކައުންޓް ވެރިފައި ކޮށްފިއެވެ.

މިއީ ރާއްޖޭގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ޓްވިޓާ ވެރިފައިކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ތޮއްޔިބު ޖަލަށް ލުމަށްފަހު ދޫކޮށްލިތާ 19 ދުވަސް ފަހުން  އޭނާގެ ޓްވިޓާ އެކައުންޓް ވެރިފައިކޮށްފައިވާއިރު، އޭނާއަށްވަނީ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޚާއްސަ ޒަމީރުގެ ގައިދީއެއްގެ ލަގަބު ވެސް ލިބިފައެވެ. އެ ލަގަބު އޭނާ އަށް ލިބިފައިވަނީ 22 މާޗް 2017ގައެވެ.

ތައްޔިބު އެފަހަރު ހައްޔަރުކޮށްފައިވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ހައްގު ބޭނުންކޮށްގެން ކަމަށާއި އޭނާއަކީ ވެސް ޒަމީރުގެ ގައިދީއެއް ކަމަށް އެމްނެސްޓީއިން ސިފަކޮށްފައިވެއެވެ.

 

 

ކުރިން  ޓްވިޓާއިން އެކައުންޓް ވެރިފައިކުރަނީ ހަމައެކަނި މަޝްހޫރު މީހުންނާއި ވިޔަފާރިތަކަށް އެކަންޏެވެ.

އެހެން ނަމަވެސް ފަހުން ޓްވިޓާއިން ވަނީ ޓްވިޓާ އެކައުންޓް ވެރިފައި ކުރުމަށްޓަކައި އެކަމަށް ޚާއްސަ ފޯމެއް އޮންލައިންކޮށް ފުރުމަށް ފަހު، އެ ފޯމުގައި ވެރިފައިޑް ފޯނު ނަމްބަރަކާއި އީމެއިލް އެޑްރެހެއްގެ އިތުރުން ޕްރޮފައިލް ފޮޓޯއަކާއި އެކައުންޓް ވެރިފައި ކުރަން ބޭނުންވަނީ ނުވަތަ ޖެހެނީ ކީއްވެގެންކަން އެނގޭނެފަދަ އިތުރު މައުލޫމާތު ހިމަނަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ.   އަދި އެކައުންޓެއް ވެރިފައި ކުރުމުގައި އުފެއްދުންތެރިންނާއި މީހުންނަށް އިންފްލުއެންސް ކުރެވޭވަރުގެ މީހުންތޯ ބަލައެވެ.

އެހެން ނަމަވެސް އެކައުންޓް ވެރިފައި ކުރަން އެދޭ ހުރިހާ ފަރާތެއްގެ ޓްވިޓާ އިން ވެރިފައި ކޮށްފައެއް ނުވެއެވެ. އެކަމަށްޓަކައި ޝަރުތުތަކެއް ހުރެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް