ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 13:26
އއ ރަސްދޫއަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ނަޝީދު ވާހަކަދައްކަވަނީ
އއ ރަސްދޫއަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ނަޝީދު ވާހަކަދައްކަވަނީ
ސޯޝަލް މީޑިއާ
ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރާ ކެމްޕެއިން
ހަތަރު މޭޔަރުކަމާއެކު ހާހެއްހާ ގޮނޑި ކާމިޔާބުކުރާނަން: ރައީސް ނަޝީދު
 
ކެމްޕެއިން ނިންމުމަށް ބާއްވާ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ އއ ރަސްދޫގައި
 
އެމްޑީޕީގެ ވިސްނުން ހުރިހާ ރައްޔިތުންނަށްވެސް ސާފުވާކަމަށް ނަޝީދު ވިދާޅުވި
 
އިންތިޚާބުތައް ކާމިޔާބުކުރަނީ ވަރަށް ފުޅާ ވިސްނުމެއްގައި ޕާޓީން އަބަދުވެސް މަސައްކަތްކުރާތީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީން ހަތަރު މޭޔަރުކަމާއި ހާހެއްހާ ގޮނޑި ކާމިޔާބު ކުރާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމާލުމަށް އއ. ރަސްދޫގައި ބާއްވާ ޖަލްސާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިޚާބުގެ ކަންކަން ދިގުދެމިގެން ދިޔަ ގޮތުން އިންތިޚާބު ނުބޭއްވިދާނެ ކަމުގެ ކަންބޮޑުވުންތަކެއް އޮތްކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އަބަދުވެސް އިންތިޚާބާ ކުރިމަތިލާ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ކައުންސިލް އިންތިޚާބަށް އެމްޑީޕީން 1500ށް ވުރެ ގިނަ ކެންޑިޑޭޓުން ނިކުންނަކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީން އޭގެތެރެއިން ހާހެއްހާ ގޮނޑި ނަގާނެކަމަށެވެ. އަދި ވަކިން ފާހަގަކުރާ ގޮނޑިތަކެއް ހުންނަކަމަށް ނަޝީދު ވިދާޅުވިއެވެ.

ޔަގީން ކަށަވަރު އޭގެތެރެއިން ހާހެއްހާ ގޮނޑި އަޅުގަނޑުމެން ނަގާނަން. ނަގާ ގޮނޑިތަކާއި އަދި ވަކިން ފާހަގަވާ ގިނަ ގޮނޑިތަކެއް އެބަހުރޭ. ވަކިން ޚާއްސަކޮށް ސިޓީތަކުގެ މޭޔަރުކަން. އައްޑޫން ފެށިގެން އައިސް ފުވައްމުލައް އަދި މާލެ އިން ކުޅުދުއްފުއްޓަށް މި ހަތަރު ސިޓީގެ މޭޔަރުކަން އިރާދަކުރެއްވިއްޔާ އެމްޑީޕީން ފަސޭހަކަމާއެކު ބޮޑު ތަފާތުން ނަގާނެ. އެމްޑީޕީ އިންތިޚާބުތައް ކާމިޔާބުކުރަނީ ވަރަށް ފުޅާ ވިސްނުމެއްގައި ޕާޓީ މަސައްކަތް އަބަދުވެސް ކުރަމުންދާތީ. އަދި ހުރިހާ ރައްޔިތުންނަށް ސާފުވޭ އަޅުގަނޑުމެންގެ ވިސްނުން މިޕާޓީގެ އަމާޒު.
ރައީސް މުހައްމަދު ނަޝީދު/ އެމްޑީޕީގެ ރައީސް

ނަޝީދު ވިދާޅުވީ ބަލައިލެވޭ ބަލައިލުމުން ބައެއްފަހަރު ނުތަނަވަސްކަން އަންނަކަމަށެވެ. ހިތްތަކަށް މާޔޫސްކަން އަންނަކަމަށާއި އެހެންނަމަވެސް ފޯކަސް ގެއްލުވާނުލުމަށް ނަޝީދު ވަނީ އެދިވަޑައިގަންނަވާފައެވެ.

އަމާޒު ގެއްލުވާ ނުލާށޭ. އަޅުގަނޑުމެންގެ ވިސްނުން، މިސްރާބު، މީޒާން ،ރާސްތާ ގެއްލިގެންނުވާނެ. މިޕާޓީއަކީ ސަނާ ކިޔާ އަޑު އަހާ ޕާޓީއެއް ނޫން. މިޕާޓީއަކީ މިޕާޓީގެ ވެރިންނަށް ހުޝާމަދު ކުރާތަން ދެކޭ ހިތްވާ ޕާޓީއެއްނޫން. މިއީ ޝަކުވާ އަޑުއަހާ ޕާޓީ. މިޕާޓީގެ ނޭވާއަކީވެސް ކާނާއަކީވެސް ތިބެފުޅުންގެ ޝަކުވާ. އެޝަކުވާތައް އަޑުއިވޭ. އެޝަކުވާގެ ގިލަނުގައި ތިބެންޖެހޭ. އަދި ނިކުމެ މިތިބީވެސް އެޝަކުވާއަށް ހައްލު ހޯދުމަށް. މާލޭގެ ބޯހިޔާވަހިކަމާއި ގުޅިގެން އޮންނަ ޝަކުވާއަކީ އަބަދުވެސް އޮންނަ ޝަކުވާއެއް. އެއީ ދެލޯ ކުރިމައްޗަށް އަބަދުވެސް ފެންނަ ޝަކުވާ.
ރައީސް މުހައްމަދު ނަޝީދު/ އެމްޑީޕީގެ ރައީސް

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ނިކުމެ އޮތީ ރައްޔިތުންގެ މިޝަކުވާތަކަށް ހައްލު ހޯދައިދިނުމަށްކަމަށެވެ. އަދި ޕާޓީން ކުރާ ކޮންމެ ދަތުރަކީވެސް އެޝަކުވާތަކަށް ތަސައްލީއެއް ހޯދައިދިނުމަށް ސިޔާސަތުތައް ރާވާ ރައްޔިތުންނަށް ތަނަވަސް ދިރިއުޅެއް ހޯދައިދިނުމަށް ކުރަމުންދާ ދަތުރުތަކެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމަން "އާވިލުން" ނަމުގައި އއ.ރަސްދޫގައި ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާ ބާއްވަން މާލޭން ވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނީ އެ ރަށު ފަޅުތެރޭ އުޅަނދުތަކުގައެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދި، ރަށްރަށަށް އަރައި ފޭބުމަށް ހުރި ހުރަސްތަކާ ގުޅިގެންނެވެ. މިޖަލްސާގައި ބައިވެރިވެވުމަށް ބުރާސްފަތި ދުވަހު ފުރި އުޅަނދުތަކުގައި 120 މެމްބަރުން ބައިވެރިވިކަމަށް އެމްޑީޕީން ބުނެއެވެ. މިޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
20%
0%
60%
20%
0%
ކޮމެންޓް
11 އޭޕްރިލް 2021 | އާދީއްތަ 08:05
ޙަމްދޫން
ކަލޯ ކިހިނެތް ތިހެދީ