Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 04:23
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
ލޯކަލް ކައުންސިލް
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް
ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 255،987 މީޙުންނަށް
މި އިންތިހާބުގައި ވާދަކުރަނީ 1439 ކެންޑިޑޭޓުން
ކައުންސިލްތަކަށް އިންތިހާބު ކުރަނީ 664 ކެންޑިޑޭޓުން

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް ކޮޅުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމަށް ޥޯޓް ކަރުދާސް ޗާޕް ކޮށްފައިވަނީ އެމް ސެވަން ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުން ކަމަށް އިކެލްޝަންސް ކޮމިޝަނުން ބުނެއެވެ.

އެންމެ ގިނައިން ވޯޓް ކަރުދާސް ޗާޕްކޮށްފައިވަނީ މާލެ ދާއިރާތަކަށެވެ. އެއީ 46،752 ވޯޓް ކަރުދާސް ކޮޅެވެ. ދެން އެންމެ ގިނަ ވޯޓް ކަރުދާސްކޮޅު ޗާޕްކޮށްފައިވަނީ އައްޑޫ ސިޓީގެ ދާއިރާ ތަކަށެވެ. އެއީ 24،229 ވޯޓް ކަރުދާސް ކޮޅެވެ. އަދި ފުވައްމުލަކު ސިޓީގެ ތިން ދާއިރާއަށް ޗާޕްކޮށްފައިވަނީ 8،601 ވޯޓް ކަރުދާސް ކޮޅެވެ.

އަތޮޅުތަކުގެ ތެރެއިން ހއ. އަތޮޅު ކައުންސިލާއި ހދ. އަތޮޅުގެ ރަށްރަށަށުގެ ކައުންސިލްތަކަށް ޗާޕްކޮށްފައިވަނީ 33،697 ވޯޓް ކަރުދާސްކޮޅެވެ.

ލޯކަލް ކައުންސިލްތަކުގެ މި އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވަނީ 255،987 މީހުންނަށެވެ. މި އިންތިހާބަށް ކުރިމަތީ ލާފައިވަނީ 1،439 ކެންޑިޑޭޓުންނެވެ. ތިންތިހާބު ކުރެވޭ ކައުންސިލަރުންގެ އަދަދަކީ 664 އެވެ.

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓް ފޮށީގެ އަދަދަކީ 422 އެވެ.

މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެގެ ދަށުން ރާއްޖޭގައި ބޭއްވޭ ތިން ވަނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ. މި އިންތިހާބު މެއި މަހުގެ ހަ ވަނަ ދުވަހު ބާއްވާއިރު، ގާނޫނުގައި މި އިންތިހާބު ބޭއްވަންޖެހޭ ތާރީހު ފަހަނައަޅާ ވަނީ ގޮސްފަ އެވެ. ފުރަތަމަ މި އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިދިއަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް ސަރުކާރުން ހިންގާ މައި ޕާޓީ ޕީޕީއެމުން އިންތިހާބު ފަސްކޮށްދިނުމަށް ކޯޓުގައި އެދުމުން ކޯޓުން ވަނީ އިންތިހާބު ފަސްކުރުމުގެ އަމުރެއް ނެރެފަ އެވެ.

ކޯޓުގެ އެ އަމުރާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބު ބޭއްވުމަށް ނިންމީ އޭޕްރީލް އަށް ވަނަ ދުވަހު އެވެ. އަދި އެ ތާރީހު ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސްކޫލްތައް ލިބުމުގައި ދަތިތަކެއްހުރި ކަމަށްބުނެ އޭޕްރީލް 15 ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ.

މެއި މަހުގެ ހަ ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފައިވަނީ މުޅި ރާއްޖޭގައި ފެތުރެމުންދިޔަ އެޗްވަންއެންވަން އިންފްލުއެންޒާއާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 މެއި 2017 | ހޮނިހިރު 00:15
ރަދުން
ޔަގުނީ ތި ބުނީ 531939 ވޯޓު ލާނޭތޭ؟ ތިޔާހެންވެޔޭ ތަމެން މިލިޔަނުން ޖުރިމާނާ ކުރަން ޖެހެނީ