Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 03:17
ޝަންގްރިއްލާ ވިލިނގިލި އައިލެންޑް ރިސޯޓް
ޝަންގްރިއްލާ ވިލިނގިލި އައިލެންޑް ރިސޯޓް
ރާއްޖެއެމްވީ
ފަތުރުވެރިއަކު މަރުވުން
އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައިވަނީ 30 އަހަރުގެ އަންހެނެއް

އައްޑޫ ސިޓީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ވަނީ ރާއްޖެޓީވީއަށް މިކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ ގާތްގަނޑަކަށް ހުކުރު ދުވަހުގެ ރޭ 07:15 ހާއިރު 30 އަހަރުގެ އަންހެނަކު މަރުވެގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެމީހާ މަރުވެފައި އޮއްވާ ފެނުނީ ރޫމް ތެރޭގައި އޮއްވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް މަރުވެފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވެފައިވަނީ އަންހެން ފަތުރުވެރިއަކު ކަމުގައިވާ އިރު އެމީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

މިމީހާ މަރުވެފައި ވަނީ ކިހިނެއްވެގެން ކަން އަދި ދެނެނުގަނެވޭ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން އަންނަނީ މި ކަން މިހާރު ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް