ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 13:50
ބުރާސްފަތި ދުވަހުގެ ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުގުނީ ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހުގެ ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުގުނީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުން
ސްޓެލްކޯއިން ޕްލާސްޓިކް ދޫކޮށްލައިފި
 
ކަރުދާސް ބޭނުންކުރުން މަދުވެ ޚިދުމަތްތައް އަވަސްވާނެ
 
ޚަރަދުގެ ގޮތުން ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ
 
ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދޭނެ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބޭނުންކުރުން ހުއްޓާލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އޮފީސް މާހައުލުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމާއި އަދި ޕޭޕަރ ލެސް ޓްރާންސިޝަން އިފްތިތާހު ކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ހަސަން މުޣުނީ އަދި ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ މުޣުނީ ވިދާޅުވީ ކުންފުނީގައި މަސައްކަތް ކުރާ މުއައްޒަފުން ތިމާވެއްޓަށް ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. މުޣުނީ ވިދާޅުވީ ކުންފުނީގެ ވިޔަފާރީގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދޭނެ ކަމަށާއި، ތިމާވެއްޓަށް ގެއްލުންދޭތަކެތި އިމާރާތުގެ ތެރެއަށް ނުވެއްދުމަށް ބާރުއަޅާނެ ކަމަށެވެ. ހިސާބުތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް 2800 ފުޅި ފެން ގަނެ ބޭނުންކުރެވޭކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ ޚަރަދުގެ ގޮތުން ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

ފެހި ދިރިއުޅުމުގެ ޕްރޮގްރާމަށް އިޝާރާތް ކުރައްވައި މުޣުނީ ވިދާޅުވީ ތިމާވެއްޓާ ރަހުމަތްތެރި ގޮތެއް ހޯދުމާއި ގެއްލުން ދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި ގިރާކުރެވުނު ވަރަށް ވެސް މުހިންމު ހަރުފަތަކަށް ކަަމަށެވެ. އަދި ވިދާޅުވީ ޕޭޕަރ ލެސް ޓްރާންސިޝަން އިފްތިތާހު ކުރުމާއެކު ކަރުދާސް ބޭނުން ކުރުން މަދުވެ ޚިދުމަތްތައް އަވަސްވެ މުއައްޒަފުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

މިކުންފުނީގެ ގާތްގަނޑަކަށް ހާހެއްހާ މުއައްޒަފުންނާ މިއަދު ވަނީ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ގެނެސްފައިވާ ރީޔޫސިބަލް ފެންފުޅި އަދި ފޮތި ދަބަސް ހަވާލުކުރެވިފައި. މިތަކެއްޗަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި މުއައްޒަފުން ބައިވެރި ކުރުމަށް ދެވޭ ތަކެތި. ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމެންޓްތަކުގައި ވޯޓަރ ޑިސްޕެންސަރުން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމުތައް މިހާރު ވާނީ ހަމަޖައްސައިދީފައި. މިކަމަކީ މުއައްޒަފުން މަސައްކަތުގައި އުޅޭއިރު ފެން ބުއިމުގެ އާދަ އަށަގަންނުވަައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އަޅާ ގާއިމް ކުރެވުނު ނިޒާމުގެ ތެރެއިން އިންތިޒާމު ކުރެވިގެންދިޔަ މުހިންމު ކަމެއް.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ

މިރަސްމިއްޔާތުގައި ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް ވިދާޅުވީ މިހާރު ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ޕްލާސްޓިކް ބޭނުންކުރަމުންދާ ކަމަށެވެ. މިމައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސްނެގުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި ވިދާޅުވީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި މިއާދަ ހިފުމަކީ ވަރަށް ގިނަ ގޮތްގޮތުން މަންފާ ލިބޭނެ ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް