Advertisement
ކ. މާލެ
|
5 މެއި 2017 | ހުކުރު 00:42
އެމްއާރުޑީސީގެ ވެކަލްގައި ޕީޕީއެމް ކެމްޕެއިން ކުރިޔަށް ގެންދަނީ
އެމްއާރުޑީސީގެ ވެކަލްގައި ޕީޕީއެމް ކެމްޕެއިން ކުރިޔަށް ގެންދަނީ
ރާއްޖެއެމްވީ
ޕީޕީއެމްގެ ކެމްޕޭން
އެމްއާރުޑީސީގެ ވެހިކަލްގައި ޕީޕީއެމްގެ ކެމްޕޭން
ލޮރީގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ބެނާތައް ދިޔައީ ދަމަމުން
އެމްއާރްޑީސީ އަކީ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް

އެމްއާރުޑީސީގެ ވެހިކަލާއި މުވައްޒަފުން ބޭނުންކޮށްގެން ޕީޕީއެމްގެ ކެމްޕޭން ޕޯސްޓަރުތައް އުފުލާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާ ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެމްއާރުޑީސީގެ ލޮރީގައި ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންގެ ބެނާތައް އަރުވާފައިވާއިރު، ދިގު ހަރުގަނޑެއް ހުރެ އެވެ.

މަންޒަރު ފެނުނި މީހުން ބުނި ގޮތުގައި އެ ލޮރީގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ބެނާތައް ދިޔައީ ދަމަމުންނެވެ.

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ އެމްއާރުޑީސީގެ ވެހިކަލްތައް ބޭނުންކޮށްގެން ޕީޕީއެމް ކެމްޕޭނު ކުރަމުންދާއިރު، އެމްޕީއެލްގެ މުވައްޒަފުންނާއި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެ ދެ ކުންފުނީގެ އިސްވެރިން ވެސް ކެމްޕޭނުގައި ވަރަށް ބޮޑަށް ގެންދަނީ ބައިވެރިވަމުންނެވެ.

މިކަންކަމަށް ފާޑުކިޔަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ވެސް އަދި ދައުލަތުގެ އެހެން މުއައްސަސާތަކުން ވެސް ބަހެއް ނުބުނެ އެވެ. ދައުލަތުގެ މުދަލާއި ވަސީލަތްތައް ވަކި ޕާޓީއެއްގެ ކެމްޕޭނަށް ބޭނުންކުރާއިރި، އޭސީސީ އާއި، އޮޑިޓަ ޖެނެރަލްގެ އޮފީސް ވެސް އޮތީ ހިމޭނުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް