ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 20:42
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ސަބްރާ
ރައީސް ނަޝީދު
މިވެރިކަން ބަދަލުވި ދުވަހަކުން ރިލްވާންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނަން: ރައީސް ނަޝީދު
ރިލްވާނު ގެއްލުވާލިތާ އެއް ހާސް ދުވަސް
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި އެއްވެސް މީހަކު ނެތް
އެންމެ ފަހުން މައުލޫމާތު ހާމަކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމޭ ދުވަހަކުން، ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ފުރިހަމަ ޢާއްމު ތަހުގީގެއް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން ހޯދުމަށް ގޮވާލާ ކުރެއްވި ޓްވީޓެއްގައެވެ.

 

 

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމޭ ދުވަހަކުން ޢާއްމުކަޮށް ހުޅުވާލާފައިވާ ފުރިހަމަ ތަހުގީގެއް ފައްޓަވާނެ ކަމަށެވެ.

ރިލްވާން ގެއްލުވާލިތާ 1,000 ދުވަސް މިއަދުވީ އިރު ވެސް ރިލްވާނަށް ވީ ގޮތެއް ހޯދިފައެއް ނުވެއެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެއީ މިހާތަނަށް ފުލުހުން ހިންގި އެންމެ ގިނަ ވަސީލަތްތައް ބޭނުން ކުރި ތަހުގީގެވެ.

ރިލްވާން އެންމެފަހުން ފެނިފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ 00:45 ހާއިރު މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ.

ރިލްވާނަށް ވީގޮތެއް ހޯދިފައިނުވާއިރު މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމީން ރަޝީދުވަނީ ރަހުމު ކުޑަ ހަމަލާތަކެއްގައި މަރާލާފައެވެ.

ރިލްވާންގެ މަންމަ މިއަދު ނެރުނު ބަޔާނެއްގައި ރިލްވާނަށް ވީނުވީއެއް އެނގެންދެން ހުއްޓާނުލާ މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ. "ރިލްވާން ގެއްލުވާލިތާ 1,000 ދުވަސް ފުރޭއިރު އެއިން ކޮންމެ ދުވަހެއް ވެސް އަޅުގަނޑާއި އަޅުގަނޑުގެ ކުދިން ދެމިތިބީ ރިލްވާނަށް ވީގޮތް އޮޅުން ފިލާ އެކަމުގެ މައުލޫމާތު ލިބޭނެ ކަމުގެ އުންމީދުގައެވެ. އަދި އެކަން ކުރި ބަޔަކު ހޯދި ކަންވީ ގޮތް އަޅުގަނޑުމެންނަށް އަންގައިދޭނެ ކަމުގެ އުންމީދުގައެވެ. ރިލްވާނަށްވީ ގޮތުގެ ސާފު ތެދު މައުލޫމާތު ލިބެންދެން އަޅުގަނޑުމެން ކެތްތެރިކަމާއެކު އިންތިޒާރު ކުރާނަމެވެ،" ރިލްވާންގެ މަންމަ ބުނެފައިވެއެވެ.

- ކޮމެންޓް