ކ. މާލެ
|
26 މާރޗް 2021 | ހުކުރު 12:48
ކުޑަރިކިލު ފަޅުގައި އޮތް ދޯންޏެއް ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅުތަކެއް ފެނިފައިވޭ
ކުޑަރިކިލު ފަޅުގައި އޮތް ދޯންޏެއް ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅުތަކެއް ފެނިފައިވޭ
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަޑުއްވަރީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 8 ޒުވާނުން ހައްޔަރުކޮށްފި
 
މިމައްސަލަ މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
 
ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހުން، 25 އަހަރުގެ ދެ މީހުން، 21 އަހަރުގެ މީހުން 23 އަހަރުގެ މީހެއް އަދި 19 އަހަރުގެ މީހެއް
 
މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 24ގައި

ރ.މަޑުއްވަރިއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 8 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި ރ. މީދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަޑުއްވަރިއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 8 މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

މި މާރޗު މަހުގެ 24 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ދެ ފިރިހެނުންނާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެވެ. މި 8 މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، ބ. ކުޑަރިކިލު ފަޅުގައި އޮތް ދޯންޏެއް ބަލައިފާސްކޮށްފައިވާއިރު، މި ދޯނި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

މަޑުއްވަރިއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 8 މީހަކު ހައްޔަރުކޮށްފައިވާއިރު، މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ. މިއޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މީހުން ހައްޔަރު ވެސް ކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
50%
0%
0%
0%
0%
ކޮމެންޓް
26 މާރޗް 2021 | ހުކުރު 18:19
........
އަޑީގަ ތިބެ އެކަންތައް ކުރާ މީހުންނެށް ދުވަހަކު ހައްޔަރެއް ނުކުރެއެވެ. ރަށުގެ ސަރކާރުންގެ ބޮޑުން ޒާތީ ގޮތުން ޖައްސާލާފަ ތިބި މީހުން ހައްޔަރު ކުރަނީ.ރާއްޖެއަކީ އެއްވެސް އިންސާފެއް އޮތް ތަނެއްނޫން.