ކ. މާލެ
|
25 މާރޗް 2021 | ބުރާސްފަތި 13:17
ރ.ހުޅުދުއްފާރު، ކޮވިޑް-19ށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވަނީ މޮނިޓަރިންއަށްލާފައި
ރ.ހުޅުދުއްފާރު، ކޮވިޑް-19ށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވަނީ މޮނިޓަރިންއަށްލާފައި
ފޭސްބުކް
ހުޅުއްދުފާރުގެ ހާލަތު
ހުޅުއްދުފާރުން ކޮވިޑް-19ގެ ކޭސްއެއް ފެނުމާގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިންމާލައިފި
61 ސާމްޕަލެއް ނަގާފައިވޭ
ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް ވަނީ އަޅާފައި
ރަށުގެ އާއްމު ހާލަތު ރަނގަޅު

ރ.ހުޅުއްދުފާރުން ކޮވިޑް-19ގެ ކޭސްއެއް ފެނުމާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިންމާލައިފިއެވެ.

އެރަށުގެ ކައުންސިލް ރައީސް އަލީ ޖާވިދު ރާއްޖެއެމްވީއަށް ވިދާޅުވީ ކޮވިޑް-19ށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި، 61 ސާމްޕަލެއް ނެގުނު ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ހެނދުނު ސާމްޕަލްތައް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާވިދު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށެވެ.

ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި ޖާވިދު ވިދާޅުވީ މިހާލަތުގައި ކެފޭ/ރެސްޓޯރެންޓްތަކުން ހަމައެކަނި ލިބޭނީ ޑެލިވަރީގެ ޚިދުމަތް ކަމަށެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ޖާވިދު ވިދާޅުވީ ރަށުގެ އާއްމު ހާލަތު ރަނގަޅު ކަމަށާއި، އާއްމު ޚިދުމަތްތަކަށް ބޭނުންވާ އާލަތްތައް ލިބޭ ކަމަށެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި ބޭސް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުއްދުފާރުން ކޮވިޑް-19ގެ ކޭސްއެއް ފެނުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 24 ވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެރަށުން ޕޮޒިޓިވްވި މީހާއަކީ މި މަހުގެ 4 ވަނަ ދުވަހު އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
26 މާރޗް 2021 | ހުކުރު 21:23
ފާތުން
ކައުންސިލްގެ ރައީސްގެ ނަމަކީ މުހައްމަދު އިބްރާހިމް އެއް ނޫން
26 މާރޗް 2021 | ހުކުރު 20:29
ނާހަމަ
ހުޅުދުއްފާރު ކައުންސިލްގެ ރައީސް އަކަށް މުޙައްމަދު އިބްރާހީމް ކިޔާ މީހެއް ނުހުންނާނެ...
26 މާރޗް 2021 | ހުކުރު 10:32
ކާމް
މުޙައްމަދު އިބްރާހިމް ކިޔާ މީހަކު ނުހުރޭ ރަށުގެ ކައުންސިލަރުގެ ރައީސަކަށް...ދެން ކާކައްބާ ތިގުޅީ؟؟🤔
25 މާރޗް 2021 | ބުރާސްފަތި 14:38
ޙުސެން
ކައުންސިލް ރައީސަކީ މުހައްމަދު އިބުރާހީމެއް ނޫން