ކ. މާލެ
|
22 މާރޗް 2021 | ހޯމަ 07:03
ސިރިންޖު
ސިރިންޖު
މިނެޓަކު 6،000 ސިރިންޖު އުފެއްދުން
އިންޑިއާގެ ކުންފުންޏަކުން ދަނީ މިނެޓަކު 6،000 ސިރިންޖު އުފައްދަމުން
 
ހިންދުސްތާނު ސިރިންޖްސް އެންޑް މެޑިކަލް ޑިވައިސަސްއިން ދުވާލެއްގެ މައްޗަށް ހަތަރު މިލިއަނެއްހާ ސިރިންޖު އުފައްދާ
 
ދުނިޔޭގެ އާބާދީގެ 60 އިންސައްތައަށް ވެކްސިންދޭން ވެސް 10 ބިލިއަން ސިރިންޖު އުފައްދަން ޖެހޭ
 
ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭނެތީ ގިނަ އަދަދެއްގެ އޯޑަރު ކެންސަލް ކުރަންޖެހޭ

އިންޑިއާގެ ސިރިންޖު އުފައްދާ އެންމެ ބޮޑު ކުންފުންނި ކަމަށްވާ "ހިންދުސްތާނު ސިރިންޖްސް އެންޑް މެޑިކަލް ޑިވައިސަސް" އިން ދަނީ މިނެޓަކު 6،000 ސިރިންޖު އުފައްދަމުންނެވެ.

ހިންދުސްތާނު ސިރިންޖްސް އެންޑް މެޑިކަލް ޑިވައިސަސް ހިންގުމާ ހަވާލުވެ ހުރި ރާޖިވް ނާތު ވަނީ ސިރިންޖަށް އޮތް ޑިމާންޑު ބޮޑުވެ ކުންފުނިން ގިނަ އަދަދެއްގެ ސިރިންޖު އުފައްދަމުންދާއިރު ވެސް ސަޕްލައި ނުކުރެވޭނެތީ ގިނަ އަދަދެއްގެ އޯޑަރު ކެންސަލް ކުރަންޖެހޭކަން ފާހަގަކޮށްފައެވެ.

ކޮވިޑް-19 އަށް ވެކްސިން ޖެހުމުގެ މަސައްކަތް ގައުމުތަކުން ފަށާފައިވާއިރު، ވެކްސިނަށް އޮތް ޑިމާންޑާއެކު ވެކްސިން ޖަހަން ބޭނުންވާނެ ސިރިންޖަށް އޮތް ޑިމާންޑު ވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ހިންދުސްތާނު ސިރިންޖްސް އެންޑް މެޑިކަލް ޑިވައިސަސްއިން ދުވާލެއްގެ މައްޗަށް ހަތަރު މިލިއަނެއްހާ ސިރިންޖު އުފައްދަމުން އަންނަކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ނަމަވެސް މިއީ މިދަނޑިވަޅަށް އެންމެ އެކަށޭނަ އަދަދު ނޫން ކަމަށާއި، ދުނިޔޭގެ އާބާދީގެ 60 އިންސައްތައަށް ވެކްސިންދޭން ވެސް 10 ބިލިއަން ސިރިންޖު އުފައްދަން ޖެހޭކަމަށް އެކުންފުނިން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތްތާގައި ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއާއި ގައުމުތަކުގެ ސަރުކާރުތަކުން ސިރިންޖު އުފައްދާ ކުންފުނިތަކާ ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ރާޖިވް ނާތު ވަނީ ބުނެފައެވެ.

ކޮވިޑް-19 އަށް ވެކްސިން ޖެހުމުގެ ކަންތައް ގައުމުތަކުން ހަލުވިކަމާ އެކު ކުރިއަށް ގެންދާއިރު، ތަފާސްހިސަބުތަކުން ދައްކާ ގޮތުން މިިހާތަނަށް ވެކްސިންގެ 433 މިލިއަން ޝޮޓް ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
14%
29%
14%
0%
0%
43%
ކޮމެންޓް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި