ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 22:18
ޖޯޖިއާގައި ވެކްސިން ޖެހުމަށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން
ޖޯޖިއާގައި ވެކްސިން ޖެހުމަށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން
ރޮއިޓަރސް
ޖޯޖިއާގައި ވެކްސިން ޖެހުން
ޖޯޖިއާގައި 3 މިލިޔަން ޑޯޒުގެ ވެކްސިން ޖަހައިފި
 
1.1 މިލިޔަން މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައި
 
އެއް މިލިޔަން މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުން

ޖޯޖިއާގައި ކޮވިޑް-19 އާ ދެކޮޅަށް ތިން މިލިޔަން ޑޯޒުގެ ވެކްސިން ޖަހާފައިވާ ކަމަށް އެ ގައުމުގެ ހެލްތު ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

ޖޯޖިއާގެ ހެލްތު ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން މިލިޔަން ޑޯޒުގެ ވެކްސިންގެ ތެރެއިން އެއް މިލިޔަން ޑޯޒްގެ ވެކްސިން ޖަހާފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށެވެ. އަދި އެއީ އެ ސްޓޭޓުގެ އާބާދީގެ ތެރެއިން 72 އިންސައްތަ މީހުން ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން 1.1 މިލިޔަން މީހުންނަށް ވަނީ ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެ ސްޓޭޓުގައި ބޭނުންކުރަމުން އަންނަނީ މޮޑާނާ އަދި ފައިޒާ ވެކްސިނެވެ.

ޖޯޖިއާގެ ގަވަރުނަރު ބްރިއެން ކެމްޕް ވިދާޅުވީ ޖޯޖިއާއިން މަސައްކަތްކުރަމުން އަންނަނީ އާބާދީގައި ހިމެނޭ ނާޒުކު މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށާއި، އެގޮތުން އުމުރުން ދުވަސްވީ މީހުންގެ 72 އިންސައްތަ މީހުންނަށް ވެކްސިން ދީފައިވާއިރު، ގިނަ މީހުންނަށް އެއް ޑޯޒް ދެވިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންނާއި، މަރުވާ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް ބްރިއަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެކްސިން ދިނުމުގެ ކަންކަން ވީހާވެސް ބާރަށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެހެން އުމުރުފުރާތަކަށްވެސް ވެކްސިން ދޭން ފެށުމަށް މައި ސަރުކާރާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް