ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 18:16
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން- ރިޕޯޓުތައް ބުނާ ގޮތުން އެމަނިކުފާނު މިހާރު ގެންދަވަނީ ގެކޮޅުގައި އައިސޮލޭޓުވެ ފަރުވާ ހޯއްދަވަމުން
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން- ރިޕޯޓުތައް ބުނާ ގޮތުން އެމަނިކުފާނު މިހާރު ގެންދަވަނީ ގެކޮޅުގައި އައިސޮލޭޓުވެ ފަރުވާ ހޯއްދަވަމުން
ބީޑީނިއުސް24
ޕާކިސްތާނުގެ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވްވުން
ޕާކިސްތާނުގެ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ހޯއްދަވަނީ
 
އެ ޤައުމުގައި ވެކްސިނޭޝަން ޕްރޮގްރާމް ފުޅާ ކުރުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރޭ
 
އިމްރާން ޚާން ޕޮޒިޓިވްވެފައިވާކަމަށް ބެލެވެނީ ވެކްސިން ޖެއްސެވުމުގެ ކުރިން
 
ޕާކިސްތާނުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 620،000ން މައްޗަށް އަރާ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ސަރުކާރުގެ އޮފިޝަލުންނާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިމްރާން ޚާން ވަނީ މީގެ 2 ދުވަސް ކުރިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ޖައްސަވާފައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ބޮޑުވަޒީރު އިމްރާން ޚާން ޕޮޒިޓިވްވެފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަދި މިވަގުތު އިމްރާން ޚާން ގެންދަވަނީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ފަރުވާ ހޯއްދަވަމުންނެވެ. އެގޮތުން މިވަގުތުވެސް ބަލީގެ ބައެއް އަލާމަތްތައް ފެންނަމުންދާކަން އޮފިޝަލުން ފާހަގަ ކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބޮޑުވަޒީރު އިމްރާން ޚާން ޕޮޒިޓިވްވެފައިވާކަމަށް ބެލެވެނީ ވެކްސިން ޖެއްސެވުމުގެ ކުރިންނެވެ. މިވަގުތު ޕާކިސްތާނުގައި ބޭނުން ކުރަމުންދަނީ ޗައިނާގެ ސިނޮފަރމް ވެކްސިނެވެ. ނަމަވެސް ބޮޑުވަޒީރު ޖައްސަވާފައިވަނީ ސީދާ ކޮން ވެކްސިނެއްކަމެއް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޕާކިސްތާނުގައި ވެކްސިން ޖަހަމުންދާ މިންވަރު ނިސްބަތުން މަދެވެ. އެގޮތުން އެހެނިގެން ބަލިމަޑުކަމުގެ ތެރޭގައިވެސް ޕާކިސްތާން ފެނިގެން ގޮސްފައިވަނީ ވެކްސިން ޖެހުމަށް މާބޮޑަށް ބާރު އަޅައި، ވެކްސިނޭޝަން ޕްރޮގްރާމް ފުޅާ ކުރުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރާ ޤައުމެއްގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ނެގި ޙިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާއާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ޕާކިސްތާނުގެ ސިއްޙީ އޮފިޝަލުންގެ ތެރޭގައިވެސް ވެކްސިން ޖެހުމަށް ދެކޮޅު ހަދާ މީހުން ނިސްބަތުން ގިނައެވެ.

ޕާކިސްތާނުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 620،000ން މައްޗަށް އަރާފައިވާއިރު، 13،799 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް