Advertisement
ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 04:43
ފުލުހުން މުޒާހަރާއެއް ކަވަރުކުރަން ތިބި ނޫސްވެރިންތަކެއް ފަހަތަށް ޖައްސަނީ
ފުލުހުން މުޒާހަރާއެއް ކަވަރުކުރަން ތިބި ނޫސްވެރިންތަކެއް ފަހަތަށް ޖައްސަނީ
މުހައްމަދު ޝަރުހާން
ނޫސްވެރިކަމުގެ މިނިވަންކަން
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ
ނޫސްވެރިނަށް ގާނޫނު އަސާސީން ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައި
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތްކަމަށް ސަރުކާރުން ބުނި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަން ނެތް ޤައުމުތަކުގެ ލިސްޓުގައި ދިވެހިރޭއްޖެ ވަނީ މި އަހަރު ހިމަނާފަ
މީހެއްގެ އަބުރާ ކަރާމާތައް ގެއްލުން ނުވާ ގޮތެއްގެ މަތިން، ހަބަރުތައް ގެނެސްދިނުމުގެ މިނިވަންކަމީ ދިވެހި ސަރުކާރުން ގަބޫލު ކުރާ ހަގީގަތެއް

ގާނޫނު އަސާސީ އާއި ހިލާފު ނުވާގޮތެއްގެ މަތިން ގައުމުގައި ހިނގާ ހަބަރުތައް ގެނެސްދިނުމުގެ މިނިވަންކަން އެންމެ ފުޅާ ދައިރާއެއްގައި ނޫސްވެރިންނަށް ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފި އެވެ.

 

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ދުވަހާއި ގުޅިގެން، ހޯމް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައިވަނީ މިދުވަހުގެ މުނާސަބާގައި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ނޫސްވެރިންނަށް މަރުހަބާ ކިޔާފަ އެވެ.

 

ނޫސްވެރިކަމަކީ ޑިމޮކްރެޓިކް ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ މުހިއްމު ބައެއް ކަމަށާއި ގައުމުގައި ހިންގާ އެންމެ ކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންތައްތަކަށް ރައްޔިތުންނަށް ގެނެސްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ބައެއް ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދި ނޫސްވެރިންނަކީ މުޖުތަމައުގައި ހިންގާ ކަންކަމަށް އާއްމުން ހޭލުންތެރިކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށް ހޯމް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

 

ހޯމް މިނިސްޓްރީން ބުނީ، މީހެއްގެ އަބުރާ ކަރާމާތައް ގެއްލުން ނުވާ ގޮތެއްގެ މަތިން، ހަބަރުތައް ގެނެސްދިނުމުގެ މިނިވަންކަމީ ދިވެހި ސަރުކާރުން ގަބޫލު ކުރާ ހަގީގަތެއް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން މިނިވަންކަމާއި އެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ނުވާ ގޮތެއްގެ މަތީން ހިޔާލުތައް ދުލާއި ގަލަމުން ހާމަކުރުމުގެ މިނިވަންކަން ފަހިކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

 

މީގެ އިތުރުން ގާނޫނު އަސާސީގެ 33 ވަނަ މާއްދާގައި ކޮންމެ މީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރެވިފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެ އެވެ. ހޯމް މިނިސްޓްރީން ވަނީ ގާނޫނު އަސާސީ އާއި ހިލާފު ނުވާގޮތަށް މައުލޫމާތުތައް ހޯދުމުގައި ސަރުކާރުގެ އެހީތެރިކަން ނޫސްވެރިންނަށް ލިބިގެންދާނެ ކަމަށް ހާމަކުރައްވާފަ އެވެ.

 

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތްކަމަށް ސަރުކާރުން ބުނި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަން ނެތް ޤައުމުތަކުގެ ލިސްޓުގައި ދިވެހިރޭއްޖެ ވަނީ މި އަހަރު ހިމަނާފަ އެވެ. އަދި ބައިނަލްއަޤުވާމީ ބޮޑެތި ޤައުމުތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ބުނާ ގޮތުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމެއް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް