Advertisement
ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 00:00
ބޭސްފިހާރައަކުން ބަޔަކު ބޭސް ގަންނަނީ
ބޭސްފިހާރައަކުން ބަޔަކު ބޭސް ގަންނަނީ
މުހައްމަދު ޝަރުހާން
ޑެންގީ ބަލިފެތުރުން
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
މިއަހަރުގެ މިހާތަނަށް 430 މީހުންނަށް ޑެންގީ ވަނީ ފެތުރިފައި

މިއަހަރުގެ މިހާތަނަށް 430 ޑެންގީ ބަލި ޖެހިފައިވާ މީހުން ފާހަގަކުރެވިފައިވާ ކަމަށާއި މިދުވަސް ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ ބުނެފި އެވެ.

 

އެޗްޕީއޭ އިން ބުނީ، އެ އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އެކި ހިސާބުގައި ޑެންގީ ހުން ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއަހަރުގެ މިހާތަނަށް 430 މީހުން ޑެންގީ ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އޭޕްރީމް މަހުގެ ނިއަލަށް 482 މީހުން ޑެންގީ ބަލި ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި 2016 ވަނަ އަހަރުގެ ނިއަލަށް 1962 މީހުންނަށް ޑެންގީ ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

 

އެޗްޕީއޭ އިން ބުނީ ކޮންމެ އަހަރެއްގެވެސް މިދުވަސް ވަރާއި ދިމާކޮށް ޑެންގީ ބަލިން ރައްކާތެރިވާނޭ ގޮތްތަކާއި ބައްޔަށް ހޭލުންތެރިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންކަމަށެވެ. އަދި ބަލި ފެތުރޭ މިންވަރު މޮނީޓަރކޮށް، ޑެންގީ ބަލި ފެތުރޭ ރަށްރަށުގައި ބަލި ކޮންޓްރޯލް ކުރުމަށް ލަފާދެމުންގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

 

ޑެންގީ ބަލި ފެތުރެމުންދާ އިރު ބަލި މަދުކުރުމަށް، ކުރެވޭނެ އެންމެ ކާމިޔާބު ގޮތަކީ މަދިރި އުފެދި، އާލާވާ ތަންތަން ނައްތާލުމާއި އެކު އެބައްޔާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެގޮތުން، ގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ހަފްތާއަކު އެއްފަހަރު ނައްތާލުމުގެ މަސައްކަތް ކުރުމަށް އެޗްޕީއޭ އިން ވަނި އިލްތިމާސްކޮށްފަ އެވެ.

 

މަދިރިން ރައްކާތެރިވުމުގެ ގޮތުން، ހަށިގަނޑު ރަގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ލުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.  ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގާއިގާ ރިއްސުމާއި އެކު ހުން އައުމާއި ބޮލުގައި ރިއްސުމާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.

 

 މީގެ އިތުރުން ގިނައިން ދިޔާތަކެތި ބުއިމާއި ފެރަސިޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރުގެ ލަފަޔާއި އެކު މެނުވީ ބޭނުން ނުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެޗްޕީއޭއިން ވަނީ ޑެންގީ ބައްޔާބެހޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް އެ އޭޖެންސީގެ 3014496 ގުޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް