Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 22:49
އަބްދުﷲ ރިޔާޒް ކޯޓަށް ވަދެވަޑައިގަންނަވަނީ
އަބްދުﷲ ރިޔާޒް ކޯޓަށް ވަދެވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ރިޔާޒް ޝަރީއަތް
ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް
ރިޔާޒްގެ މައްޗަށް ދައުވާކުރާ މައްސަލާގައި ހެކިންގެ ހެކިބަސް ނަގާ ނިމިެއްޖެ
ދެން ބާއްވާ ޝަރީޢަތެއްގައި ކުރިއަށް ދާނީ ދެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުން
ފުލުހުންގެ ފޮރިންސިކް ޓީމަށް ރިޔާޒްގެ ފޯން ހުޅުވޭ ގޮތެއް ނުވި

ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލާފައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ފިލުހުންގެ ފޮރިންސިކް ޓީމަށް ލިބިފައި ނުވާ ކަމަށް ރިޔާޒްގެ ފޯންގެ ފޮރުންސިކް ރިޕޯޓް ތައްޔާރު ކުރި ފުލުހުންގެ އޮފިސަރު ބުނެފިއެވެ.

 

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ބުދަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ރިޔާޒުގެ ފޯނުގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ސްޓާފް ސާޖެންޓް އިސްމާއިލް ޝަރީފް ހެކި ބަސް ދެމުން ބުނީ ރިޔާޒުގެ ފޯނު ލޮކް ކޮށްފައި އޮތުމުން ރިޔާޒުގެ ފޯނުން އެއްވެސް ޑޭޓާއެއް ނެގިފައިނުވާ ކަމަށެވެ. އެ ފޯނުން ޑޭޓާ ނަގަން މަސައްކަތް ކުރީ ފުލުހުން ބޭނުންކުރާ ހާއްސަ ސޮފްޓްވެއާއެއް ބޭނުން ކޮށްގެން ކަމަށް އިސްމާއީލް ޝަރީފް ބުންޏެވެ.

 

އިސްމާއީލް ބުނީ އެ ސޮފްޓްވެއާގެ ސަބަބުން ފޯނުގައި ހުރި އެއްވެސް ޑޭޓާއަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އޭނާ ބުނީ، ރިޔާޒުގެ ފޯނު ފޮރިންސިކް ޓީމަށް ލިބުނުއިރު ފޯނުއޮތީ ނިއްވާފައި ކަމަށާއި ނަމަވެސް ޕިން ޖަހައިގެން ހުޅުވަން ފޮރެންސިކް ޓީމުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ފިންގަޕްރިންޓް ބޭނުން ކޮށްގެން ވެސް ފޯން ހުޅުވަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށް އިސްމާއީލް ޝަރީފް ބުންޏެވެ.

 

ޝަރީއަތް ހިނގަމުން ދަނިކޮށް ރިޔާޒް ވަނީ ފޯނުގެ ލޮކް ކޯޑް ފުލުހުންނަށް ދީފަ އެވެ. އެހެންވެ، އެ ފޯނު މިހާރު ހުޅުވުނުތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ފަނޑިޔާރުން ވަނީ އެ ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ސުވާލު ކުރުން ހުއްޓުވައިފަ އެވެ. ފަނޑިޔާރުން ވިދާޅުވީ އެއީ މައްސަލައާ ގުޅުން ނެތް ސުވާލެއް ކަމަށެވެ.

 

އެ ފުލުސް މީހާ ބުނިގޮތުގައި ރިޔާޒްގެ ފޯނުގައި ހުރީ އެންމެ ފަހުގެ އަޕްޑޭޓް ކަމަށެވެ. އެގޮތަށް ހިފަހައްޓާ ފޯނުތައް ފުލުހުން ބަލަނީ އެކަމަށް ޚާއްސަ ސޮފްޓްވެއާއަކުން ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ސޮފްޓްވެއާއެއް ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އެ ސޮފްޓްވެއާ ބޭނުން ކޮށްގެން ފޯނު ހުޅުވައިގެން ބަލާއިރު ފޯނުގެ އެއްވެސް މައުލޫމާތެއް ގެއްލި ނުވަތަ ބަދަލުވުން ފަދަ ކަމެއް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

 

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލައިގައި ބުދަ ދުވަހު ބޭއްވި ޝަރީޢަތް ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މި މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު އޮންނާނެ ކަމަށެވެ. އެއީ ދައުލަތުންނާއި ދިފާއުގައި ހުށަހަޅާފައިވާ ކިތާބީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ. ކިތާބީ ހެކީގެ ގޮތުގައި ފޯނު ހިފެހެއްޓުމަށް ކޯޓުން ނެރެފައިވާ އެހެން ބައެއް ކޯޓު އަމުރުތައް ވަނީ ހުށަހަޅާފަ އެވެ.

 

ރިޔާޒުގެ ފޯނުގެ ޕިން ކޯޑް ދިނުމަށް އަންގައި ވަކި ކޯޓު އަމުރެއް ނެރުމަށް ފުލުހުން އެދުނުތޯ ސާފުކުރުމަށް ދިފާއުގައި ހުށަހެޅި ފުލުސް މީހާ ހެކިބަސް ދިނުމަށް އިންކާރުކޮށްފައިވާތީ އެފަދަ އަމުރަކަށް ފުލުހުން ކޯޓުގައި އެދިފައިވޭތޯ ކުރިމިނަލް ކޯޓު މެދުވެރިކޮށް ޝަރީއަތުން ބައްލަވާނެ ކަމަށް މައްސަލާގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަހުމަދު ޝަކީލް އަޑުއެހުން ނިންމަވާލައްވަމުން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
3 މެއި 2017 | ބުދަ 19:51
އުތުރު
ކޯޓްމެދުވެރިކޮއް ތިޔަޕިން ހޯދެން އޮތްއިރު ފުލުހުން ތިޔަގޮވާ ކޮސް އަހަން އުދަގޫވޭ