ކ. މާލެ
|
12 މާރޗް 2021 | ހުކުރު 15:55
ފުލުހުންގެ ވެހިކަލްއެއް- ފުލުހުން ވަނީ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައި
ފުލުހުންގެ ވެހިކަލްއެއް- ފުލުހުން ވަނީ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައި
ގެޓީ އިމޭޖަސް
އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވުން
އެޗްޕީއޭގެ ޤަވާއިދާ ޚިލާފަށް މާލެއިން އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި
 
ފިޔަވަޅުތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައި
 
ޖޫރިމަނާ ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި
 
95 މީހަކު ޖޫރިމަނާ ކޮށްފައިވޭ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް މާލެއިން ވ. އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެމީހުން ޖޫރިމަނާ ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ހުއްދަ ނުނަގައި، އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް މާލެއިން ވ. އަންބަރާއަށް އެމީހުން ދަތުރު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ފުލުހުން ވަނީ އެ ދަތުރަށް ބޭނުންކުރި އުޅަނދުގެ ޖާގައަށްވުރެ ގިނައިން މީހުން ގޮވައިގެން ދަތުރު ކޮށްފައިވާތީ އެކަންވެސް ފާހަގަކޮށްފައެވެ. އެގޮތުން ފުލުހުން ބުނީ، އެކަންވެސް އިތުރަށް ތަހުޤީޤު ކުރުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 ގެ މި ޙާލަތުގައި އެޗްޕީއޭއިން ވެސް ގެންދަނީ މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
50%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން