Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 18:15
ޣާނިމް އަބްދުލްގަފޫރުގެ ކެމްޕޭން ލޯންޗުުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން
ޣާނިމް އަބްދުލްގަފޫރުގެ ކެމްޕޭން ލޯންޗުުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން
އަސުރުމާ
ޕީޕީއެމް ކެންޑިޑޭޓުން
މާރާމާރީގެ ތުހުމަތު ކުރެވޭ ޕީޕީއެމްގެ ކެންޑިޑޭޓް ޣާނިމް ބަންދުކޮށްދިނުމަށް ޕީޖީ ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި
މައްސަލަ އަނބުރާ ގެންދިޔައީ ފުލުހުންގެ އެދިގެން
ޣާނިމް ބަންދު ކުރުމުގެ އަމުރެއް ހޯދަން ޖެހޭ ފަދަ ހާލަތެއް މިހާރަކު ނެތް
ޢާނިމް ބަންދު ކުރުމަށް އަމުރު ހޯދަބް ޖެހޭ ވަގުތު ފާއިތުވެއްޖެ

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅީ އުތުރު ދާއިރާއަށް ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ޣާނިމް އަބްދުލްގަފޫރް ބަންދުކޮށްދިނުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހަޅި މައްސަލަ ޕީޖީ އިން އަނބުރާ ގެންގޮސްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ޣާނިމް ބަންދުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފެވެ.

ބަންދު އަމުރުގެ މި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހުގެ ހެނދުނު 11:15 އަށް ހައިކޯޓުގައި ތާވަލުކުރިއެވެ.

މައްސަލައާއި ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އެދުމުގެ މަތިން އެ މައްސަލަ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އަދި އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ ބުދަ ދުވަހު މައްސަލަ ފެށުމުގެ ކުރިން ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާނިމް ބަންދު ކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ހައިކޯޓުގައި  އެދުނީ ފުލުހުންގެ އެދުމުގެ މަތިން ކަމަށާއި އެ މައްސަލަ އަނބުރާ ގެންދަން ފުލުހުން އެދުނީ އާނިމް ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ހާލަތެއް މިހާރު ނެތުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން މިހާރު އާނިމް ދޫކޮށްލާފައި ހުންނަތާ އެތަށް ދުވަހެއް ވެފައިވާތީ އާނިމް ބަންދުގެ ކުރުމުގެ އަމުރެއް ހޯދުމުގެ ވަގުތު ފާއިތުވެފައިވާ ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި އިސްތިއުނާފް ކޮށްފައިވާ މައްސަަލައަކީ ޣާނިމްގެ މައްޗަށް ތުހުމަތު ކުރެވޭ މާރާމާރީގެ މައްސަލައެކެވެ. އެ މާރާމާރީގެ މައްސަލައަކީ މިއަހަރުގެ މާޗް މަހުގެ މައްސަލައެކެވެ.

ޕީޕީއެމްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޣާނިމް އަށް ހައިކޯޓަށް ހާޒިރުވުމަށް އަންގިއިރު އޭނާގެ ކެމްޕޭން ބާރު ސްޕީޑުގައި ދަނީ ކުރަމުންނެވެ. ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އާއި ސަރުކާރުގެ މިނިސްޓަރުންނާއި އިސް މަގާމުތައް ފުރުއްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ ކުރިން 2013 ވަނަ އަހަރުގެ ތެރޭގައި ވަޅިން ހަމަލާދީ ސިފައިންގެ މީހަކު ޒަހަމުކޮށްލި މައްސަލައަކާ ޣާނިމްގެ މައްޗަށް މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ދައުވާކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އެ މައްސަލަ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ޣާނިމްގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުން އަންނަ ހޮނިހިރު ދުވަހު އޮންނާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 މެއި 2017 | ބުދަ 15:25
ބޮން
ވަކިރާއްސެއްގައި ވިހާފައިވީތީ މި ސަރުކާރުން ވަކި ގޮތެއް ނަހަދާނެ އަދި ވަކި ނަވަކަށް ނޭރޭ މީހުންނަށް އަމާންކަން ނުލިބިވެސް ނުދާނެ!