ކ. މާލެ
|
10 މާރޗް 2021 | ބުދަ 22:07
ބަންގްލަދޭޝްގެ ކޮމާސް މިނިސްޓަރ ޓިޕޫ މުންޝީ
ބަންގްލަދޭޝްގެ ކޮމާސް މިނިސްޓަރ ޓިޕޫ މުންޝީ
-
އިންޑިއާ - ބަންގްލަދޭޝް ގުޅުން
ވިޔަފާރީގެ ރޮނގުން އިންޑިއާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުން – ބަންގްލަދޭޝް
 
މޯދީގެ ދަތުރުފުޅުގައި ވިޔަފާރީގެ ބޮޑު ދެ ޕްރޮޖެކްޓެއްގައި ސޮއި ކުރެވިގެންދާނެ
 
މިއަހަރަކީ އިންޑިއާއާ ބަންގްލަދޭޝްއާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމުކުރިތާ 50 އަހަރު ފާހަގަކުރާ އަހަރު

ވިޔަފާރީގެ ރޮނގުން އިންޑިއާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާ ކަމަށް ބަންގްލަދޭޝްގެ ކޮމާސް މިނިސްޓަރ ޓިޕޫ މުންޝީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބަންގާޅަށް މި މަހު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ކުރިން އެގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މުންޝީ ވިދާޅުވީ މިއަހަރަކީ އިންޑިއާއާ ބަންގްލަދޭޝްއާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމުކުރިތާ 50 އަހަރު ފާހަގަކުރާ އަހަރު ކަމަށާއި، މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ބޭނުންވާ ކަމަށެވެ.

މުންޝީ ވިދާޅުވީ އިންޑިއާއާއެކު ޒަމާނުއްސުރެ ވިޔަފާރީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގިފައިވާ ކަމަށާއި، އިންޑިއާއަކީ ބަންގްލަދޭޝްގެ ވިޔަފާރީގެ އެންމެ ބޮޑު ހިއްސާދާރު ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި މި ގުޅުން މިގޮތަށް ފަނޑުވުމެއް ނެތި އޮންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް މުންޝީ ވިދާޅުވިއެވެ.

މޯދީގެ ދަތުރުފުޅުގައި ވިޔަފާރީގެ ބޮޑު ދެ ޕްރޮޖެކްޓެއްގައި ސޮއި ކުރެވިގެންދާނެ ކަމަށާއި، އެ ދެ ޕްރޮޖެކްޓާއިއެކު ބަންގްލަދޭޝްގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މުންޝީ ވިދާޅުވިއެވެ. އަދި އިންޑިއާގައި ބަންގްލަދޭޝްގެ ކުންފުނިތަކުން ކުރިޔަށްވުރެ ފުޅާދާއިރާގައި އިންވެސްޓު ކުރުމަށް އިތުރު ދޮރުތަކެއް މި ޕްރޮޖެކްޓްތަކުގެ ސަބަބުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މުންޝީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ