ކ. މާލެ
|
3 މެއި 2017 | ބުދަ 15:55
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ގއ. ވިލިނގިލީގައި
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ގއ. ވިލިނގިލީގައި
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ މިރޭ ގއ. ވިލިނގިލީގައި
ގުޅިފައިޥާ ސިޔާސީ ޕާޓީތަކުގެ ގިނަ ބޭފުޅުން މިޖަލްސާގައި ވައިވެރިވެވަޑައިގަންނަވާ
މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުންނާއި ކުރީގެ މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ
ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ބޭފުޅުންނަށް ވިލިނގިލިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ހާއްސަ ބޮޑު ޖަލްސާ ބުދަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ބޭއްވުމަށް ނިންމާ ލީޑަރުން ވިލިނގިއްޔަށް ވަޑައިގަންނަވަމުން އެބަގެންދަވަ އެވެ.

ވިލިނގިލީގައި ބާއްވާ މި ޖަލްސާއަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް އިސްވެރިން ވަނީ ބުދަ ދުވަހުގެ ހެނދުނު ވިލިނގިއްޔަށް ވަޑައިގަންނަވާފަ އެވެ. ހެނދުނު ވިލިގިއްޔަށް ވަޑައިގެންނެވި ބޭފުޅުންގެ ތޭރޭގައި އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އާއި ޕީޕީއެމް ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލް މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ކައުންސިލް މެމްބަރު އާމިނަތު ނާދިރާ ހިމެނިވަޑައިގަންނަވާއިރު، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ހިމެނިވަޑައިގަންނަވަ އެވެ. އަދި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ ޗެއާރ ޝިދާތާ ޝަރީފްގެ އިތުރުން ރައީސް ނަޝީދުގެ ސަރުކާރުގެ ހެލްތް މިނިސްޓަރު އާމިނަތު ޖަމީލު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ވިލިނގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ކަމަށްވާ  މުހައްމަދު ގަސަމް އާއި  މުހައްމަދު ނާޒިމް އާއި މުހައްމަދު ރިޔާޒު އާއި މެމްބަރު މުހައްމަދު ނާޝިޒުގެ އިތުރުން ރައީސް ނަޝީދުގެ ސަރުކާރުގެ ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވެސް މިޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާއިރު ގުޅިފައިވާ އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންވެސް މިޖަލްސާގއި ބައިވެރިވެ ވަޑައިގަތުމަށް ވިލިނގިއްޔަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ގއ. ވިލިނގިލީގައި މިރޭ ބާއްވާ ޖަލްސާއަށް ތައްޔާރުވަނީ

ވިލިނގިއްޔަށް ހެނދުނު ވަޑައިގެންނެވި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް މަރުހަބާ ކިޔާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ކެމްޕެއިން ޖަގަހައިގަ އެވެ.

ސައުދު ހުސައިން ދާދިފަހުން ވަނީ ޕީޕީއެމް ރައީސް ޔާމީން ފެކްޝަން ދޫކުރައްވާ ޕީޕީއެމް ރައީސް މައުމޫން ފެކްޝަނަށް ދާއީދު ކުރައްވާ ގުޅިފައިވާ އިދިކޮޅު ސިޔާސީ ހަރަކާތާ ގުޅިވަޑައިގަންނަވާފަ އެވެ.

ގއ. ވިލިގިއްޔަށް ވަޑާއިގެންނެވި ގުޅިފައިވާ ޕާޓީތަކުގެ އިސްބޭފުޅުންނަށް މަރުހަބާ ދައްނަވަނީ

 

- ކޮމެންޓް