ކ. މާލެ
|
9 މާރޗް 2021 | އަންގާރަ 14:44
ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ނިއު ރޭޑިއަންޓަށް ކުޅުނު ދުވަސްވަރު
ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ނިއު ރޭޑިއަންޓަށް ކުޅުނު ދުވަސްވަރު
އަވަސް
އޭއެފްސީ ކަޕުގެ ޑްރީމް ޓީމް
އޭއެފްސީ ކަޕުގެ މޮޅު ޑިފެންޑަރުންގެ ތެރޭގައި އަކޫ، ވޯޓެއް ދެއްވާ!
ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް ވޯޓު ދެވޭނެ
އޭއެފްސީން ވަނީ އަކޫއާއެކު 12 ޑިފެންޑަރުން ޝޯޓްލިސްޓްކޮށްފައި

އޭއެފްސީ ކަޕުގެ ޑްރީމް ޓީމެއް ހޮވުމުގެ ގޮތުން ހުޅުވާލި އޮންލައިން ވޯޓިން ޕޯލެއްގައި މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ހިމެނިއްޖެއެވެ.

އޭއެފްސީން 12 ޑިފެންޑަރުން ޝޯޓްލިސްޓުކުރިއިރު، އޭގެ ތެރޭގައި ހިމެނުނު ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ހަމައެކަނި ޑިފެންޑަރަކީ އަކޫއެވެ. އޭއެފްސީ ވެބްސައިޓް މެދުވެރިކޮށް ކުރިއަށްދާ މި ވޯޓުގައި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް އަކޫއަށް ވޯޓު ދެވޭނެއެވެ. އޮންލައިން ވޯޓުން ހޮވާ ޑްރީމް ޓީމު އެކުލަވާލަނީ 3-4-3 ފޯމޭޝަނަށް ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ. އެހެންކަމުން 12 ޑިފެންޑަރުންގެ ތެރެއިން ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ތިން ޑިފެންޑަރުންނެވެ.

އުމުރުން އެންމެ 17 އަހަރުގައި އޭއެފްސީ ކަޕުގައި އަކޫ ކުޅުނުއިރު، އެއީ 2005 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އޭއެފްސީ ކަޕުގެ ސެމީ ފައިނަލްގައި ކުޅުނު ފަހަރެވެ. އަދި އޭގެ ފަހުން މިހާތަނަށް އޭއެފްސީ ކަޕުގެ 10 މުބާރާތެއްގައި އަކޫ ވަނީ ކުޅެފައެވެ. އެގޮތުން ނިއުގެ އިތުރުން ކުލަބު ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ޓީސީ ސްޕޯޓްސް ކުލަބާއެކު އަކޫ ވަނީ އޭއެފްސީ ކަޕުގައި ވާދަކޮށްފައެވެ. އަދި މިހާތަނަށް އުމުރުން 33 އަހަރުގެ އަކޫ ވަނީ އޭއެފްސީ ކަޕުގައި ޖުމްލަ 25 މެޗު ކުޅެފައެވެ.

- ކޮމެންޓް