ކ. މާލެ
|
10 ޑިސެންބަރ 2023 | އާދީއްތަ 14:26
މޯހަން ބަގާންގެ ބިދޭސީ ދެ ކުޅުންތެރިއަކާއި ކޯޗު (މ)
މޯހަން ބަގާންގެ ބިދޭސީ ދެ ކުޅުންތެރިއަކާއި ކޯޗު (މ)
ގޫގުލް
އޭއެފްސީ ކަޕް
ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް
 
ދެ ޓީމު ވެސް އޮތީ ކަޓާފައި

މެޗުގެ މުހިންމު ކަމެއް ނެތުމުން ބިދޭސީ ކުޅުންތެރިންނާއި ހެޑްކޯޗު ނުލައި އިންޑިޔާގެ މޯހަން ބަގާން އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅެން މާލެ އަތުވެއްޖެއެވެ.

ހޯމަ ދުވަހު ގަލޮޅު ދަނޑަށް މި ދެ ޓީމު ނުކުންނަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށެވެ. ކޮންމެ ޓީމެއް ފަސް މެޗު ކުޅެން މިހާތަނަށް މާޒިޔާ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕް ޑީގެ ފުލުގައެވެ. މޯހަން ބަގާން އޮތީ ހަތް ޕޮއިންޓާއެކު ތިން ވަނާގައެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތީ އެއްވަނާގައިވާ ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އާއި އިންޑިޔާގެ އޮޑިއްސާއަށެވެ. ބަޝުންދުރަ އަށް 10 ޕޮއިންޓް ލިބިފައިވާއިރު އޮޑިއްސާއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

މިހެންވެ ހެޑްކޯޗު ހުއާން ފެނާންޑޯ ޓީމާއެކު މާލެ ނައިސް ކަލްކަތާގައި މަޑުކުރީ އިންޑިއަން ސުޕަލީގުގައި ކުޅޭ މެޗަށް ތައްޔާރުވުމަށެވެ. އޭނާއާއެކު ޓީމުގެ ބިދޭސީ ހުރިހާ ކުޅުންތެރިން ވެސް ތިބޭނީ އިންޑިޔާގައެވެ.

މާޒިޔާއާ ދެކޮޅަށް ކުޅެން އައީ އެންމެ 13 ކުޅުންތެރިންނެވެ. މީގެ ތެރޭގައި ގިނައިން ތިބީ މޯހަން ބަގާންގެ ޒުވާން ކުޅުންތެރިންނެވެ. އެ ޓީމުން ބުނީ ދެވަނަ ބުރުގެ އުއްމީދު ނެތުމުން ބޭނުންވަނީ މި މެޗުގައި ކުޅުންތެރިންނަށް ތަޖުރިބާހޯދައިދޭން ކަމަށެވެ.

މި ދެ ޓީމު އިންޑިޔާގައި ކުޅުނު މެޗު ކާމިޔާބު ކުރީ މޯހަން ބަގާންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް