ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 06:57
މެޗުގައި ލަނޑު ޖެހުމަށްފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
އޭއެފްސީ ކަޕް
މާޒިޔާ އިން އޭއެފްސީ ކަޕް ނިންމާލީ މޮޅަކުން
 
މެޗުން މޮޅުވި ނަމަވެސް މާޒިޔާ އަށް ލިބުނީ ގުރޫޕް ޑީގެ ހަތަރު ވަނަ

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ މާޒިޔަ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓްސް ބަލިކޮށްފި އެވެ.

ހޯމަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި އެ މެޗަށް ނިކުތްއިރު ވެސް މާޒިޔާ އަދި މޯހަން ބަގާން އަށް އޮތީ މުބާރާތް ނިމިފަ އެވެ. އެ މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުން މާޒިޔާ މޮޅު ކޮށްދިން ލަނޑު، 40 ވަނަ މިނެޓުގައި ޖެހީ ޙަސަން ރާއިފް އަޙުމަދު (ހަންނަ) އެވެ. ހަންނަގެ އިތުރުން މާޒިޔާގެ އެހެން ކުޅުންތެރިންނަށް ވެސް ވަނީ މެޗުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މާޒިޔާ އިން މެޗުގައި އިތުރު ލަނޑު ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، މޯހަން ބަގާންގެ ގޯލު ކީޕަރު ވަނީ ރަނގަޅު ސޭވްތަކެއް ވެސް ކޮށްފަ އެވެ.

މެޗުން މޮޅުވި ނަމަވެސް މާޒިޔާ އަށް ލިބުނީ ގުރޫޕް ޑީގެ ހަތަރު ވަނަ އެވެ. އެއީ ހަ މެޗުން ހަ ޕޮއިންޓާއެކު އެވެ. ހަ މެޗުން ހަތް ޕޮއިންޓާއެކު މޯހަން ބަގާން އަށް ލިބެނީ ގުރޫޕްގެ ތިން ވަނަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް