Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 14:09
ޣާނިމް އަބްދުލްގަފޫރުގެ ކެމްޕޭން ލޯންޗުުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން
ޣާނިމް އަބްދުލްގަފޫރުގެ ކެމްޕޭން ލޯންޗުުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން
އަސުރުމާ
ޕީޕީއެމް ކެނޑިޑޭޓް
މާރާމާރީގެ މައްސަލައެއްގައި މައްޗަންގޯޅީ އުތުރު ޕީޕީއެމް ކެނޑިޑޭޓް ބަންދުކޮށްދިނުމަށް އެދި ޕީޖީން ހައިކޯޓަށް
ކްރިމިނަލް ކޯޓުން ޣާނިމް ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް
ބުދަ ދުވަހުގެހެނދުނު 11:15 ގައި އަޑުއެހުމެއް
ސިފައިންގެ މީހަކަށް ހަމަލާދިނުމުގެ ދައުވާކުރި، ސާބިތެއް ނުވި

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅީ އުތުރު ދާއިރާއަށް ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ޣާނިމް އަބްދުލްގަފޫރް ބަންދުކޮށްދިނުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ޣާނިމް ބަންދުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފެވެ. ބަންދު އަމުރުގެ މި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހުގެ ހެނދުނު 11:15 އަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި އިސްތިއުނާފް ކޮށްފައިވާ މައްސަަލައަކީ ޣާނިމްގެ މައްޗަށް ތުހުމަތު ކުރެވޭ މާރާމާރީގެ މައްސަލައެކެވެ. އެ މާރާމާރީގެ މައްސަލައަކީ މިއަހަރުގެ މާޗް މަހުގެ މައްސަލައެކެވެ.

ޕީޕީއެމްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޣާނިމް އަށް ހައިކޯޓަށް ހާޒިރުވުމަށް އަންގާފައިވާއިރު، އޭނާގެ ކެމްޕޭން ބާރު ސްޕީޑުގައި ދަނީ ކުރަމުންނެވެ. ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އާއި ސަރުކާރުގެ މިނިސްޓަރުންނާއި އިސް މަގާމުތައް ފުރުއްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ ކުރިން 2013 ވަނަ އަހަރުގެ ތެރޭގައި ވަޅިން ހަމަލާދީ ސިފައިންގެ މީހަކު ޒަހަމުކޮށްލި މައްސަލައަކާ ޣާނިމްގެ މައްޗަށް މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ދައުވާކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އެ މައްސަލަ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ޣާނިމްގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުން އަންނަ ހޮނިހިރު ދުވަހު އޮންނާނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 މެއި 2017 | ބުދަ 20:45
ޔޯޔޯ
މެޑަމްއާ އެހާކައިރީގަ އިށީދެވުނީމަކަން ނޭގެ މައްސަލަ އަބުރާ މިވަގުތައް ގެންދިޔައީ
3 މެއި 2017 | ބުދަ 13:12
ޔާމީން
ޝާހީބޭފުޅުންދޯ މިހުރިހާ ކަމެއް މިކުރަނީ.
3 މެއި 2017 | ބުދަ 10:39
މަސީހު
ޝާހީބޭފުޅުން ބަންދުކުރަން ފަސޭހަނުވާނެ! ވަރަށް ސަލާމް