ރައީސް އަބްދުﷲ ޔާމިންއަކީ ނާއުއްމީދީ ވެރިއެއް ކަމަށާއި ރައީސް ޔާމިންއާއި އެކީ މުސްތަޤްބަލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ، ހިތަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ނިޒާރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވީ ފާއިދާއެއް ނެތް ކަމަށާއި މި އިންތިހާބާއި ދިމާކޮށް ރައީސް ޔާމިން ވަޑައިގެންނެވި އެންމެ ރަށެއްވެސް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމިންއަށް ތާއީދު ކުރާ މީހަކަށް އައްޑޫ ސިޓީގެ ރައްޔިތުން ވޯޓް ދިނުމަކީ އެސިޓީގެ ރައްޔިތުންނަށްވާ އިހުމާލެއް ކަމަށާއި މި ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސް ޔާމިން ވަޑައިގެންނެވީ ރައްޔިތުންނަށް ހަޖޫ ޖަހަމުން ކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ އަކީ ރައިސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގައި އިފްތިތާޙް ކުރުމަށްފަހު 40 އިންސައްތައަށްވުރެ ބޮޑަށް މަސައްކަތް ގޮސްފައިވާ މަޝްރޫއުއެއް ކަމަށާއި އަލުން މިމަޝްރޫއު އިފްތިތާޙް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ރައީސް ޔާމިން އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، 2008 ވަނަ އަހަރުގެ ލިބުނު ފެހި ގާނޫނު އަސީސީގެ ދަށުން ބޭއްވި އިންތިހާބުގައި އައު ރައީސަކު އިންތިހާބް ވެގެން ދިޔަ އިރު އެ ސަރުކާރުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި އައްދޫ ސިޓީއަށް އެކަނި ބަލާލުމުންވެސް އެކަން ފެންނާނެކަމަށް ނިޒާރު ވިދާޅުވި އެވެ. މިހާރު މި ފެންނަނީ ވަކި އިންތިހާބެއްގައި ވަކި ޕާޓީއަކަށް ވަކި މީހަކަށް ވޯޓް ދެއްވާއިފިނަމަ، އެމީހަކަށް ދަތިކުރާނެ ކަމަށް ބުނެ އިންޒާރު ދޭ މަންޒަރު ކަމަށްވެފައި ރައްޔިތުން މިއަދު ބޭނުންވަނީ ވަނީ ބަދަލަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން އެ ގެންގުޅުއްވާ ސިޔާސަތަކީ އެއްވެސް ގޮތަކަށް ކަމުދާ އުސޫލެއް ނޫން. އެމްޑީޕީ އަކީ ލާދީނީ ބައެއް ކަމަށް ބުނި ފަރާތަކަށް މިހާރު އިހްސާސް ކުރެވޭނެ. އަޅުނޑުމެންނަނީ ލާދީނީ ބައެއް ނޫން." ނިޒާރު ވިދާޅުވި އެވެ.