ކ. މާލެ
|
3 މެއި 2017 | ބުދަ 03:27
ސަމީރު ކުނޫޒްގައި ވާހަކަ ދައްކަވަނީ
ސަމީރު ކުނޫޒްގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
ވެރިކަމަށް ގެންނެވީތީ ރައީސް ޔާމީން ޤާސިމް ގަޔަށް އެޖައްސަވަނީ ކަށި: ސަމީރު
ގޮތްދޫ ނުކުރާ ނަމަ ރައީސް ޔާމީންގެ ވެރިކަން ބަދަލުވާނީ ހިތި ގޮތަކަށް
ޤާސިމަކީ ޤާނޫން އަސާސީ ރައްޔިތުންނަށް ގެނެސްދެއްވި މޭސްތިރި
އުފަލާއި އަރާމުގައި އޮންނެވެން އޮއްވާ ޤާސިމަށް އެހާލު އެޖެހެނީ ރައްޔިތުންނަށް ޓަކައި ކުރައްވާ މަސައްކަތުން

މިވަގުތު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނެވި ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުނީ ޤާސިމް އިބްރާހީމްގެ ބުރަ މަސައްކަތުން ކަމަށާއި އެހެންނަމަވެސް ރައީސް ޔާމީން އެގެންދަވަނީ ޤާސިމް އިބްރާހީމް ގަޔަށް ކަށި ޖައްސަވަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ. ކުނޫޒްގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަމީރު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރެއްވުމުން ޤާސިމަށް މިއަދު ޖެހިވަޑައިގަންނަވާ ހާlu ޖައްސަވާނެ ކަމަށް ދެންނެވިން ކަމަށާއި ނަމަވެސް އެދުވަހުވެސް ޤާސިމް ވިދާޅުވީ އެފަދަ ވާހަކަ ނުދެއްކުމަށް ކަމަށެވެ.

ސިމީރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް ޤާސިމް އިބްރާހީމްގެ ޖާނާއި މާލުން މަސައްކަތް ކުރެއްވި ކަމަށާއި ރައްޔިތުންގެ ތާއީދެއް ނެތް ޔާމީނަށް ޤާސިމާ ނުލައި އެމަޤާމަކަށް ވަޑައިނުގެންނެވުނީސް ކަމަށެވެ. 

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި ޤާސިމަށް އިޝާރާތް ކުރައްވަމުން ސަމީރު ވިދާޅުވީ ދިވެހިރައްޔިތުންނަށް މިއަދު ލިބިދީައިވާ ޤާނޫން އަސާސީ ލިބުމުގެ އެންމެ ބޮޑު މޭސްތިރިއަކީ ޤާސިމް އިބްރާހީމްކަމަށެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އިންނެވި ސަމީރު ވިދާޅުވީ ޤާނޫން އަސާސީ އެހާ އަވަހަށް ރައްޔިތުންނާ ހަމަައަށް ގެންނެވުމަށްޓަކައި ޤާސިމް އިބްރާހީމް ރެއާ ދުވާލުގެ ގިނަ ވަގުތުތައް ހޭދަކުރެއްވި ކަމަށެވެ. 

ސަމީރު ވިދާޅުވީ ޤާސިމްގެ އެމަސައްކަތްޕުޅަކީ ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ މިނިވަން ބައެއް ކަމުގައި ހެއްދެވުމަށް ކަމަށާއި އެއީ ރައްޔިތުންނަށް ޓަކައި ދުރުވިސްނުންތެރިކަމާއެކު ކުރެއްވި ކަމެއް ކަމަށެވެ.

ސަމީރު ވިދާޅުވީ ޤާސިމަކީ ވަރަށް އަރާމުގައި ސަން އައިލެންޑްގައި ނުވަތަ ޕެރަޑައިސްގައި ދެފައި ދަމާލައިގެން އޮންނެވެން އޮތް ބޭފުޅެއް ކަމަށާއި ނަމަވެސް އެމަނިކުފާނު އެކަންކަން ދޫކުރައްވާ މަސައްކަތް ކުރައްވަމުން އެގެންދަވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އަދި މިއަދު އެމަނިކުފާނަށް އެއަނިޔާވެރިކަމާ ހިތްދަތިކަމާއެކު ޖަލުގައި އޮންނަވަން ޖެހިވަދައިގެންފައި އެވަނީވެސް އެމަސައްކަތް ކުރައްވާތީ ކަމަށެވެ.

ގޮތްދޫކުރައްވާ ރައްޔިތުންނަށް އަނިޔާކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވަމުން ސަމީރު ވިދާޅުވީ ޤާސިމަށް އެކުރަނީ ބޭއިންސާފް ޝަރީއަތެއް ކަމަށާއި ރައީސް ޔާމިންގެ ވެރިކަން ނިމިދާނީ ވަރަށް ހިތި ގޮތަކަށް ކަމަށް ދެކިލައްވާ ކަމަށެވެ.

ރައްޔިތުންނަށް ކުރާ އެއަނިޔާ އަބަދަކު ދެމިއެއް ނޯންނާނެ ކަމަށާއި ޤާނޫން އަސާސީން ރައްޔިތުންނަށް ލިބިދޭ ޤާނޫނީ ބާރުގެ ބޭނުން ކުރަން ފެށީމާ ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކުރައްވާ ވަޑައިގަތުމަށް ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

 

- ކޮމެންޓް