Advertisement
ކ. މާލެ
|
2 މެއި 2017 | އަންގާރަ 20:26
ޔާމީން ރަޝީދުގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންނަށް ހުށަހެޅި ސިޓީތަކާއެކު ޔާމިންގެ ބައްޕަ
ޔާމީން ރަޝީދުގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންނަށް ހުށަހެޅި ސިޓީތަކާއެކު ޔާމިންގެ ބައްޕަ
ރާއްޖެ އެމްވީ
ޔާމީންގެ މަރުގެ މައްސަލަ
ޔާމިން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތައް ފުލުހުން ބަލައެއް ނުގަތް!
ޔާމީންގެ ބައްޕަ ބުނީ ސިޓީތައް ރިޖެކްޓްކުރީ ގިނަ ބަޔެއްގެ ނަންމަތީ ހުށަހެޅި ސިޓީތަކެއް އެކަކު ހުށަހެޅުމުން ކަމަށް ފުލުހުން ބުނާ ކަމަށް
އެސިޓީތަކުގައި ވަނީ ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށާއި މައްސަލަ އަވަސްކޮށްދިނުމަށް
އެސިޓީތައް ހުށަހެޅި މިއަދު 11:30ގައި، ރިޖެކްޓްކުރިކަން އާއިލާއަށް އެންގީ 14:30 އެހާކަން ހާއިރު

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ ގާތްތ އެކުވެރިޔާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންގެ އިދާރާއަށް ހުށަހެޅި ސިޓީތައް ފުލުހުންގެ އިދާރާއިން ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

އަންގާރާ ދުވަހު 11:30 އެހާކަންހާއިރު ފުލުހުންގެ އިދާރާއަށް ވަނީ 800 އެއްހާ ސިޓީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފަ އެވެ. އެސިޓީތަކާ ހަވާލު ވުމަށް ފަހު، އެސިޓީތައް ބަލައި ނުގަންނަ ކަމަށް ޔާމީން ރަޝީދުގެ އާއިލާއަށް އަންގާފައިވަނީ އޭގެ ތިން ގަޑިއެއްހާއިރު ފަހުން 14:30 އެހާކަންހައިރު އެވެ.

ފުލުހުން ރިޖެކްޓް ކުރި ސިޓީތަކާ ހަވާލުވެ، ފުލުހުންގެ އިދާރާއިން ނުކުމެ، ނޫސްވެރިންނަށް މައުލޫމާތު ދެމުން އެސިޓީތައް ފުލުހުންގެ އިދާރާއަށް ހުށަހެޅި ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ބުނީ އެކަކުގެ ފަރާތުން އެގޮތަށް ބައިވަރު ސިޓީތަކެއް ހުށަހެޅުމުން އެ ސިޓީތަކަށް ޖަވާބު ދިނުމަށް ފުލުހުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ސީޓީއެއް ހުށަހަޅާނަމަ ހުށަހެޅޭނީ އެމީހަކު އަމިއްލައަށް ނުވަތަ އެ އިދާރާއަށް ގަބޫލުކުރެވޭ ފަރާތަކަށް ހަވާލުކޮށްގެން ކަމަށެވެ.

ނަމަވެސް މިފަދަ ގޮތަކަށް ބައިވަރު ސިޓީތަކެއް އެކަކު ހިފައިގެން އައިސް ފުލުހުންގެ އިދާރާއަށް ހުށަހެޅުނު މިއީ ފުރަތަމަ ފަހަރުކަމަށް ފުލުހުން ބުނެފައި ވާތީ، އެސީޓީތައް ގަބޫލު ކުރޭތޯ އެވަގުތު ފުލުހުންގެ އިދާރާއިން ހުންނެވި އެކިއެކި އިސްވެރިންނާ ވެސް ބައްދަލުކޮށް އަލިމަގެއް ނުފެނު ކަމަށް ޔާމީންގެ ބައްޕަ ބުނެއެވެ.

ޔާމީންގެ ބައްޕަ ބުނީ އާއިލާއިން ހުށަހެޅީ ސިޓީ ފުލުހުން ގަބޫލު ކުރި ސަބަބަކީ އެސިޓީގައި އާއިލާއާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ހުށަހެޅި ސިޓީތަކުގެ ވާހަކަތައް އެސިޓީގައި ބަޔާން ކޮށްފައިވާތީ ކަމަށެވެ.

"އަޅުގަނޑު ބުނިން އާއިލާއިން ހުށަހެޅި ސިޓީއަށް އެކަނި ޖަވާބު ދިނަސް، ދެން ސިޓީ ހުށަހަޅާފައިވާ ފަރާތްތައް އެކަން ގަބޫލު ކުރާނެ ކަމަށް. އެސިޓީތަކުގައި ވެސް ހުރީ ހަމަ އެއްވާހަކަ ތަކެއް ކަމަށް. އެކަމަކުވެސް ހުށަހެޅި އެއްވެސް ސިޓީއެއް ގަބޫލެއް ނުކުރި،" ވަރަށް ދެރަވެފައިހުރެ ޔާމީން ރަޝީދުގެ ބައްޕަ ބުންޏެވެ.

މީގެ އިތުރުން ޔާމީންގެ ބައްޕަ ބުނީ ސިޓީތައް އަލުން ހުށަހެޅުމާ މެދު ވަކިގޮތެއް އަދި ނުނިންމާކަމަށެވެ. ނަމަވެސް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާ ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓަކަށް އެދިފައިވާނެ ކަމަށާއި އަރީފްއާ ބައްދަލު ކުރެވޭ ދުވަހު ސިޓީގެ އިތުރުން ޔާމީންގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް