ކ. މާލެ
|
26 ފެބްރުއަރީ 2021 | ހުކުރު 01:34
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިންގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިންގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ސޯޝަލް މީޑިއާ
ރަށްވެހި ފަތިސް ކެމްޕެއިން
އެމްޑީޕީން ނިކުމެ މިތިބީ ވާދަވެރިން ތިން ވަނަ ފަހަރަށް ބަލިކޮށް ހެޓްރިކެއް ހަދަން: ރައީސް ނަޝީދު
 
ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ވާދަވެރިން ދަންނަ ނިޒާމެއް ނޫންކަމަށް
 
އިންސާފު ހޯދައިދޭނެކަމަށް އެމްޑީޕީން ބުނަމުން އަންނަ ކަންކަން ހުއްޓުމެއްނެތި ކުރަމުންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވި
 
ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ވަކި ކަމެއް ވަކި ފަލްސަފާއެއް ހާސިލްކުރަން ނިކުތް ޕާޓީއެއްކަމަށް

އެމްޑީޕީން މިފަހަރު ނިކުމެ މިތިބީ ވާދަވެރިން ތިން ބަލިން ބަލި ކުރަންކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ވަކި ކަމެއް ވަކި ފަލްސަފާއެއް ހާސިލްކުރަން ނިކުތް ޕާޓީއެއްކަމަށެވެ. އެމްޑީޕީގެ ވިސްނުން އޮންނަނީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީ ރައްޔިތުންނަށް ސަލާމަތްތެރިކަމާއެކު އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ. ޓެކްސްގެ ނިޒާމު ފުރިހަމަ ކުރުމާއި އިޖުތިމާއީ ބޯހިޔާވަހިކަން އެއީ އެމްޑީޕީގެ ވިސްނުމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

އިޖްތިމާއި ރައްކާތެރިކަން ފޯރުކޮށްދިނުން، ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައިދިނުން، ޓެކްސްގެ ނިޒާމް ފުރިހަމަކުރުން، ސޯޝަލް ހައުސިން، އެއް ދަންފަޅީގެ ކިޔެވުން، ދަތުރުފަތުރު، މިއީ ހައްތާހާވެސް އެމްޑީޕީގެ ވިސްނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން އިންސާފު ހޯދައިދޭނެކަމަށް އެމްޑީޕީން ބުނަމުން އަންނަ ކަންކަން ހުއްޓުމެއްނެތި ކުރަމުންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުބާރު އެބައޮތް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އިންސާފު ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދޭނެ. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެތް ނުހިނގާ މިކަމަށް. ރައީސްގެ ޒައާމަތުގައި ވެރިކަމަށް އައިސް މިތިބީ ވަރަށް ބޮޑަށް މިހިޔާނާތުގެ އެންމެ އަޑި ހޯދާނެކަމަށް ރައްޔިތުން ގާތު ބުނަމުން. ޚާއްސަކޮށް މާލޭ ރައްޔިތުން ތާއަބަދު އެބަދައްކާ އެވާހަކަ. އެއިންސާފު ހޯދުން ހުއްޓައެއް ނުލާނަން. އަނިޔާވެރިކަމާއެކު މަރާލާފައިވާ ހުރިހާ އެންމެން ގެއްލިފައިވާ މީހުންނަށް ވީގޮތް މަރުތަކަށް ވީގޮތް ހޯދުން ހުއްޓައެއް ނުލާނަން. މި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކަކީ ކޮބައިކަން އެރައްޔިތުން ބޭނުންވަނީ ކޮން ކަމެއްކަން އެނގިތިބެ ވެރިކަމަށް އައި ބައެއް އެމްޑީޕީއަކީ. އެމީހުން އެޕާޓީން މިދަންނަވަނީ އަނެއްކާވެސް މިދަންނަވަނީ ތިބޭފުޅުން ވިސްނަވާ ޕީޕީއެމްއަށް ވޯޓު ދީގެން ދެން މިނިޒާމަށް ވާނެ ގޮތް ވިސްނަވާ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ވާދަވެރިން ދަންނަ ނިޒާމެއް ނޫންކަމަށެވެ. އެއީ އެމްޑީޕީގެ ނިޒާމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލްތަކަށް ކުރިމަތިވެފައިވާ ޤާނޫނީ ހުރަސްތައް ނައްތާލާ ޤާނޫނުން އެބާރުތައް ކައުންސިލްތަކަށް މިހާރު ކަށަވަރުކޮށްދީފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކައުންސިލް އިންތިޚާބަށް ފަހު ރަށްރަށުގެ ރައްޔިތުންނަށް ސަރުކާރާ ގުޅޭގޮތުން ޝަކުވާކުރާނެ ޖާގައެއް ދެން ނޯންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސަރުކަރާ ގުޅޭގޮތުން ކުރަން އޮތް ޝަކުވާއެއްގެ ގޮތުގައި ފެންނަން އޮންނާނީ ޚާރިޖީ ސިޔާސަތުގެ ޝަކުވާ، ނުވަތަ އެހެންވެސް ސީދާ ރައްޔިތުންނާ ނުގުޅޭ މުޅި ޖުމްލަ ރައްޔިތުންނާ ގުޅޭކަންކަމުގެ ޝަކުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
50%
0%
25%
25%
0%
ކޮމެންޓް