ކ. މާލެ
|
2 މެއި 2017 | އަންގާރަ 17:07
ުޔާމީންގެ ބައްޕަ ހުސައިން ރަޝީދު: ސިޓީތައް ފުލުހުންގެ އިދާރާއަށް ހުށަހަޅަން ފުލުހުންގެ އިދާރާއަށް ވަންނަނީ
ުޔާމީންގެ ބައްޕަ ހުސައިން ރަޝީދު: ސިޓީތައް ފުލުހުންގެ އިދާރާއަށް ހުށަހަޅަން ފުލުހުންގެ އިދާރާއަށް ވަންނަނީ
ރާއްޖެ އެމްވީ
ޔާމީންގެ މަރު
ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ
އައިލާއިން ބުނަނީ ފުލުހުންގެ ތަހުގީގާ މެދު ހިތްހަމަ ނުޖެހޭ ކަމަށް
ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަން އެދުނީ މިހާތަނަށް ކަންކަން ގޮސްފައިވާގޮތުން
އާއިލާއަށް އެނގޭނީ ފުލުހުން ހާމަ ކުރާއެއްޗެއް އެކަނި ކަމަށް ޔާމީންގެ ބައްޕަ ބުނޭ

ވަގަށް ނަގާފައިވާ އަހުމަދު ރިލްވާން އަބްދުﷲގެ ގާތްއެކުވެރިޔާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ރާއްޖޭން ބޭރުގެ ތަޖުރިބާ ކާރުންގެ އެހީތެރިކަން ހޯދުމަށް ޔާމީން ރަޝީދުގެ އާއިލާއިން އެދެފި އެވެ.

 

އަންގާރަ ދުވަހު ޔާމީން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންގެ އިދާރާއަށް ގާތްގަނޑަކަށް 811 ވަރަކަށް ސިޓީ ހުށަހަޅެމަށްފަހު، ފުލުސް އޮފީހުން ނުކުމެ ނޫސްވެރިންނަށް މައުލޫމާތު ދެމުން ޔާމީން ބައްޕަ ހުސައިން ރަޝީދު ބުނީ އެ ސިޓީތަކުގައި މައިގަނޑު ގޮތެއްގައި އެދިފައިވާނީ ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ބޭރުގެ ތަހުގީގު އިދާރާތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށާއި ޔާމީން ރަޝީދު މަރާލި މީހުން ވީހާވެސް އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނެސް ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށް ކަމަށެވެ.

 

މީގެއިތުރުން ހުސައިން ރަޝީދު ބުނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ފުލުހުންގެ ކިބައިން އެދިފައިވަނީ މީގެކުރިން ރާއްޖޭގައި ހިނގާފައިވާ މިފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއީ މީގެ ކުރިން މިފަދަ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި އެކަށީގެންވާ ކުރިއެރުމެއް ފުލުހުންނަށް ހޯދިފައިނުވާކަމަށް ގަބޫލުކުރެވޭތީ ކަމަށް ޔާމީން ރަޝީދުގެ ބައްޕަ ބުންޏެވެ.

 

"ފުލުހުން މީޑީއާއަށް ހިއްސާކުރި މައުލޫމާތު އާއިލާއަށް މިހާތަނަށް ހިއްސާކޮށްފައިވަނީ. އެބޭފުޅުން ބުނޭ ދުވާލަކު 20 ގަޑިއިރަށްވުރެވެސް ގިނަ ވަގުތު މިމައްސަލަތަހުގީގު ކުރުމަގައި ހޭދަ ކުރައްވާކަމަށް. އަދި ވަރަށް އަވަހަށް ނަތީޖާއަކާ ހަމައަށް ވާސިލް ވެވޭނެ ކަމަށް ވެސް ފުލުހުން ބުނޭ،" ޔާމީން ބައްޕަ ބުންޏެވެ.

 

މީގެއިތުރުން ޔާމީން ބައްޕަ ބުނީ ފުލުހުންގެ ތަހުގީގާމެދު ހިތްހަމަ ނުޖެހޭކަމަށެވެ. އަދި މިކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްއާ ބައްދައްލު ކުރުމަށް އެ ޕޮއިންޓްމަންޓަކަށް އެދިފައިވާނެ ކަމަށާއި އެޕޮއިންޓްމަންޓްތަކުގެ ތަރުތީބުން ގޮސް ޔާމީން ރަޝީދުގެ ބައްޕައާ ޖެހުމުން އަންގާލާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޔާމީންގެ ބައްޕަ ބުންޏެވެ.

 

ޔާމީން ރަޝީދުގެ ހަޑިގަނޑުގެ އެތަންމިތަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މިދިއަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:30 އެހާކަންހާއިރު އެވެ.

 

ޔާމީން މަރުގެ މައްސަލާގައި އެންމެ ފުރަތަމަ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެފައިވަނީ ޔާމީން މަރާލި މީހުން ދެނެ ގަނެވިއްޖެ ކަމަށެވެ. އަދި ފުލުހުން ވަނީ ކާކުކަން ނޭނގޭ ދެމީހެއްގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ފުލުހުން ބުނެފައިވަނީ ޔާމީނަށް ހަމަލާދިން މީހުންތިބީ ސިފަ ބަދަލުކޮށްގެން ކަމަށާއި އެއީ ކޮންބައެއްކަން ނޭނގޭ ކަމަށެވެ.

- ކޮމެންޓް