ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 16:36
ފައިޒަރ އަދި ބައޯއެންޓެކް ވެކްސިން
ފައިޒަރ އަދި ބައޯއެންޓެކް ވެކްސިން
އެއްލައްކަ ސިރިންޖު ރާއްޖެ ގެނައުން
ވެކްސިން ޖެހުމަށް ބޭނުންވާ އެއްލައްކަ ސިރިންޖު މިއަދު ރާއްޖެ ގެންނަނީ
 
އެއްލައްކަ ސިރިންޖު ލިބިގެން މިދަނީ ކޮވެކްސް ފެސިލިޓީގެ ދަށުން

ވެކްސިން ޖެހުމަށް ބޭނުންވާ އެއްލައްކަ ސިރިންޖު މިއަދު ރާއްޖެ ގެންނާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ އެއްލައްކަ ސިރިންޖު ލިބިގެން މިދަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށެވެ. ރާއްޖެއަށް އެއްލައްކަ ސިރިންޖު ގެންނަނީ، ފައިޒަރ އާއި އެސްޓްރަޒެނަކާގެ ވެކްސިން ރާއްޖެ ގެނައުމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ރޮއިޓަރސް ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ފައިޒަރ ވެކްސިން ރާއްޖެ ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުކުރިއިރު، އެ ވެކްސިނަކީ މިހާރު ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް ވެކްސިނެވެ. އެމެރިކާގެ ފައިޒަރ ކުންފުންޏާއި ޖަރުމަނުގެ ބައޯޓެކް ގުޅިގެން އުފައްދާފައިވާ މި ވެކްސިނަކީ 95 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. އަދި މި ވެކްސިނަކީ ކޮވިޑް-19 ވެކްސިންތަކުގެ ތެރެއިން ޑަބްލިއުއެޗްއޯގެ ހުއްދަ ލިބުނު ފުރަތަމަ ވެކްސިނެވެ.

ރާއްޖޭގައި މިހާރު ކޮވިޝީލްޑް ވެކްސިން ރައްޔިތުންނަށް ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، ކޮވިޝީލްޑުގެ ޖުމްލަ 200،000 ޑޯޒް ރާއްޖެއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ޗައިނާގެ ސިނޮފަރމް ކުންފުނިން އުފައްދާ ކޮވިޑް-19 ވެކްސިންގެ 10،000 ޑޯޒް ރާއްޖެއަށް ގެނަސްފައިވާއިރު، އިތުރު 100،000 ޑޯޒް ގެންނާނެކަމުގެ މައުލޫމާތު ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
12%
54%
4%
15%
15%
0%
ކޮމެންޓް