Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 23:21
އެމްޑީޕީގެ ވަފުދަށް މަރުޙަބާ ދެންނެވުމަށް ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެރަށު ބަނދަރުމަތީގައި
އެމްޑީޕީގެ ވަފުދަށް މަރުޙަބާ ދެންނެވުމަށް ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެރަށު ބަނދަރުމަތީގައި
ރާއްޖެ އެމްވީ
ކައުންސިލް އިންތިހާބް
ހުޅުމީދޫން އެމްޑީޕީގެ ވަފުދަށް ހޫނު މަރުޙަބާއެއް ކިޔާއިފި
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ހުޅުމީދޫ ކާޑުގެ ޕާކް ތެރޭގައި
ޓީމްގައި އިސްކޮށް ހުންނެވީ މެންބަރު ރޮޒޭނާ
އައްޑޫ ސިޓީން ވަނީ ހޫނު މަރުޙަބާއެއް ކިޔާފަ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަގެ ކެމްޕޭން ހަރަކާތަށް އައްޑޫ ސިޓީގައި ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވަފުދެއް ހުޅުމީދޫއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

 

"ލާމަރުކަޒީ ރާއްޖެ" ނަމުގައި މިރޭ ހުޅުމީދޫގައި ޖަލްސާ ބޭއްވުމަށް އެމްޑީޕީގެ ވަފުދު އެރަށް ވަޑައިގެންނެވީ ހޯމަ ދުވަހު ހަވީރު 5:30 ކަންހާއިރުއެވެ.  މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި ހުޅުމީދޫ ކާޑުގެ ޕާކް ތެރޭގައެވެ.

 

ޖަލްސާގައި ބައިވެރިވުމަށް ހުޅުމީދޫއަށް ވަޑައިގެންނެވި ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު ދެނުކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދާއި، އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒޭނާ އާދަމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ފަލާހްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވެއެވެ.

 

މި ޖަލްސާ ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

 

އެމްޑީޕީގެ ވަފުދު ހުޅުމީދޫގައި

 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ވީހާ ގިނަ އާންމު ރައްޔިތުން މި ޖަލްސާގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

 

އެމްޑީޕީގެ ވަފުދު އައްޑޫ ސިޓީއަށް ހޯމަ ދުވަހުގެ މެންދުރު ވަޑައިގަތުމުން އައްޑޫ ސިޓީން ވެސް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ދަތުރުގައި އައްޑޫ ސިޓީ މަރަދޫ ފޭދޫއާއި ހުޅުމީދޫ އަދި ހިތަދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް