Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 20:00
އެއާރޕޯޓް ފެރީ: މާލެގައި ހުންނަ ޓިކެޓް ކައުންޓަރު -- ފޮޓޯ: ރާއްޖެ އެމްވީ
އެއާރޕޯޓް ފެރީ: މާލެގައި ހުންނަ ޓިކެޓް ކައުންޓަރު -- ފޮޓޯ: ރާއްޖެ އެމްވީ
ރާއްޖެ އެމްވީ
އެއާޕޯޓް ފެރީ
ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް
އެއާރޕޯޓް ފެރީ އޮޕަރޭޓާރސް އެސޯސިއޭޝަނުން ޓިކެޓްގެ އަގު ބޮޑު ކުރުމަށް ނިންމާފައިވަނީ މި މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން

ހުޅުލެ އާއި މޭލެއާ ދެމެދު ފެރީގެ ޓިކެޓް އަގު ބޮޑު ކޮށްފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ އުސޫލުތަކާ ޚިލާފަށް ކަމަށާއި އެ މައްސަލަ ބެލުމަށް ފަހު އެކަމާ ބެހޭ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ 10 މެއި 2017 ވަނަ ދުވަހުން ފެށިގެން އެއާރޕޯޓް ފެރީ އޮޕަރޭޓާރސް އެސޯސިއޭޝަނުން ޓިކެޓްގެ އަގު ބޮޑު ކުރުމަށް ނިންމާފައި ވަނީ އެ އޮތޯރިޓީގެ އެއްވެސް މުއައްސަސާއަކާ މަޝްވަރާ ނުކޮށް ކަމަށެވެ.

އެއާރޕޯޓް ފެރީ އޮޕަރޭޓާރސް އެސޯސިއޭޝަނުން ޓިކެޓްގެ އަގު ބޮޑު ކުރަން ނިންމީ މިހާރު 10ރ. އަށް ވިއްކާ ޓިކެޓް 11ރ. އަށެވެ. ދަންވަރު 12:00ގެ ފަހުން ދެވޭ ފެރީގެ ހިދްމަތުން މިހާރު ނަގަމުން އަންނަ 20ރ. ގެ ޓިކެޓްގެ އަގު 21ރ. އަށެވެ.

އެ އެސޯސިއޭޝަންގެ އިސްވެރިއެއް "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ މީގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޖީއެސްޓީ ދައްކަމުންދިޔައީ ޓިކެޓްގައި ވަކިން ޖީއެސްޓީ ނުހިމަނާ ކަމަށެވެ. ނަމަވެސް މީރާއަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އޮޑިވެރިންނަށް ދެކޮޅު ނުޖެހޭ ކަމަށާއި މިދިޔަ މަހު ވެސް މީރާއަށް 16،000ރ. އޭނާއަށް ދައްކަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް