Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 19:56
ކައުންސިލް އިންތިހާޞުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މާފުށީގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ކައުންސިލް އިންތިހާޞުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މާފުށީގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބް
ކެމްޕޭން ހަރަކާތަށް ވަރުގަދަ ކުރުމަށް ހުޅުމީދޫގައި ޖަލްސާއެއް ބާއްވަނީ
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ހުޅުމީދޫ ކާޑުގެ ޕާކް ތެރޭގައި
ޓީމްގައި އިސްކޮށް ހުންނެވީ މެންބަރު ރޮޒޭނާ
އައްޑޫ ސިޓީން ވަނީ ހޫނު މަރުޙަބާއެއް ކިޔާފަ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތް އައްޑޫ ސިޓީގައި ވަރުގަދަ ކުރުމަށް ހުޅުމީދޫގައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފިއެވެ.

 

"ލާމަރުކަޒީ ރާއްޖެ"ގެ ނަމުގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެރޭ 9:00 ގައި ހުޅުމީދޫ ކާޑުގެ ޕާކް ތެރޭގައެވެ. މިރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު ދެނުކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދާއި، އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒޭނާ އާދަމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ފަލާހްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާނެވެ.

 

އެމްޑީޕީގެ ވަފުދު އައްޑޫ ސިޓީއަށް ހޯމަ ދުވަހުގެ މެންދުރު ވަޑައިގަތުމުން އައްޑޫ ސިޓީން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ދަތުރުގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ އާއި ހުޅުމީދޫ އަދި ހިތަދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

 

މި ޖަލްސާ ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ވީހާ ގިނަ އާންމު ރައްޔިތުން މި ޖަލްސާގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް