Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 19:21
އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލުމަށް ފަހު، ބައެއް ލިޔުންތަކުގައި ހުޅުޖަހާފައި -- ފޮޓޯ:ރާއްޖެ އެމްވީ
އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލުމަށް ފަހު، ބައެއް ލިޔުންތަކުގައި ހުޅުޖަހާފައި -- ފޮޓޯ:ރާއްޖެ އެމްވީ
ރާއްޖެ އެމްވީ
ހުޅުޖެހުން
އައިލެންޑް ޕާލް ފަޅާލައި ހުޅުޖެހި ތުހްމަތުގައި ތިން މީހަކު ހައްޔަރުކޮށްފި
3،000 ޑޮލަރާއި 1،500 ޔޫރޯ އަދި 2،500 ރުފިޔާ ވަގަށް ގެންގޮސްފައިވޭ

އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

އައިލެންޑް ޕާލްގެ ޑިރެކްޓަރެއްކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ ވ. އަތޮޅު ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އިސްމާއީލް ޝިހާބު ވިދާޅުވީ އެ އޮފީހުން ވަގަށް ގެންދިޔަ ހުރިހާ އެއްޗެއް ފެނިފައިވާކަމަށް ފުލުހުން އޭނާއަށް އަންގާފައިވާ ކަމަށެވެ.

އޯކިޑްމަގުގައި ސެމްސަންގް ޝޯރޫމް ހުންނަ ޗަންޕާ ބިލްޑިންގްގެ ހަ ވަނަ ފަންގިފިލާގައި ހުންނަ ޓްރެވެލް އެޖެންސީއެއްކަމަށްވާ އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑުން 3،000 ޑޮލަރާއި 1،500 ޔޫރޯ އާއި އަދި 2،500 ރުފިޔާ ވަގަށް ގެންދިޔަ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.  އޭގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ލެޕްޓޮޕާއި އޭނާގެ ޕާސްޕޯޓް ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބިދޭސީ މުވައްޒަފުންގެ ޕާސްޕޯޓްތައް ވެސް އަންދާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އައިލެންޑް ޕާލް އޮފީހުން ވައްކަންކޮށްފައިވަނީ އެ ތަނުގެ މައި ދޮރުގެ ބިއްލޫރި ގަނޑު ތަޅާލައިގެން އެތެރެއަށް ވަދެ އެވެ.

ޝިހާބު ވިދާޅުވި ގޮތުގައި އެތަން ފަޅާލައި ވަނީ ފަތިހުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި ހެނދުނު މުވައްޒަފަކު އޮފީހަށް ދިޔައިރު ވެސް ބައެއް ލިޔުންތަކުގައި ހުޅުހިފާފައި ހުރި ކަމަށެވެ. އަލިފާންގަނޑު ނިއްވާލީ ސިފައިން ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް