Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 18:40
ފުލުހުންގެ ބެލުމުގެ ދަށަށް ދިފްރާން ގެންދަނީ
ފުލުހުންގެ ބެލުމުގެ ދަށަށް ދިފްރާން ގެންދަނީ
ޓްވިޓަރ
ޔާމީން މަރާލުން
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކުރި މީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރޭ
ރާއްޖެ އެމްވީއަށް އެންގިފައިވާ ގޮތުގައި ހައްޔަރު ކުރީ ގދ. ގައްދޫ މުހައްމަދު ދިފްރާން
ދިފްރާން ދިރިއުޅޭ ގެ ވެސް ބަލައި ފާސްކުރި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު ގަތުލުކޮށްލި މައްސަަލައިގެ ތުހމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ މުހައްމަދު ދިފްރާން ނަމަކަށް ކިޔާ މީހެކެވެ. 

ދިފްރާނުގެ އާއިލާގެ މެމްބަރަކު ބުނި ގޮތުގައި ރޭ ފަތިސް ނަމާދަށް އޭނާ ދިޔަ ގޮތަށް ޚަބަރެއް ނުވެއެވެ. އެއަށް ފަހު ފުލުހުން ދިފްރާން ގޮވައިގެން، މާލޭގައި އޭނާ ދިރިއުޅޭ ގެއަށް ގޮސް ގެބަލައި ފާސްކޮށް ބައެއް ތަކެތި ގެންދިޔަ ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި އާއިލާގެ މެމްބަރު ބުންޏެވެ.

ދިފުރާން ދިރިއުޅެމުން ދަނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ ގެއެއްގަ އެވެ. ޔާމީން ރަޝީދު ދިރިއުޅެމުންދިޔަ، މ. ސްޓެޕިއުލާގެ އާއި ދިފްރާން ދިރިއުޅެމުންދާ ގެއާ ވަރަށް ކައިރި އެވެ.

ދިފްރާން ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ، ޔާމީން ރަޝީދުގެ ފަހަތުން ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ މ. ސްޕެޓިއުލާ ގޭތެރެއަށް ޔާމީން ވަނުމުން، އޭނާ ހިފަހައްްޓައި އޭނާ އަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމުގެ ސަބަބުން، ޔާމީން ރަޝީދު ނިޔާވެފައިވާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.

ޔާމީން ރަޝީދުގެ ގާތިލުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން އޭޕްރީލް 25 ވަނަ ދުވަހު ބުނެފައިވާއިރު، އެ މީހުންގެ ނަންތަކެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ. އަދި އެ މީހުން ރާއްޖޭގައި ހުރި ކަމެއް ވެސް ނުވަތަ ނެތް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

އިފްރާން ދިރިއުޅެމުންދިޔަގެ ބަލައި ފާސްކުރުމާ ގުޅޭ ގޮތުން ވެސް ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 މެއި 2017 | ބުދަ 08:24
ޔާމީން
ހައްޔަރުމިކުރީ ޔާމީން ރަޝީދު މަރާލިމީހާ ނުވަތަ ޔާމީން ރަޝީދު މަރާލި މީހުންގެ ތެރެއިން މީހެއްކަން އިގެނީ ކިހިނެތްތޯއެވެ. އެއްފަހަރު ބުނާނެ ޤާތިލުން ދެނެގަނެވިއްޖެޔޭ. އަނެއްފަހަރަކު ބުނާނެ ޤާތިލުން ތިބީ ސިފަބަދަލުކޮށްގެންނޭ. ދެންބުނާބަޔަކު މިބުނަނީ ޔާމީން ރަޝީދު މަރާލި ޤާތިލުން ރާއްޖެއިން ފުރައިގެން އެކިތަންތަނަށްވަނީ ގޮސްފައޭ. އެހެންވީމާ، މިކަމާ ގުޅުން ނެތްމީހެއްގެ މައްޗަށްވެސް ތުހުމަތުކޮށް ހައްޔަރު ކުރެވިދާނެ ނޫންތޯއެވެ.
1 މެއި 2017 | ހޯމަ 19:14
އިޚްލާސް
ދިފުރާން ގެ ދިފާއުގައި އަނެއްކާ އިދިކޮޅުމީހުން ނުނިކުމެއްޖެއްޔާ ނަސީބު!؟ މި ހެންމުބިނީ އަފުރާސީމް މަރާލިކަމަށް އެއްބަސްވި ހުމާމްގެ ދިފާއުގަވެސް އިދިކޮޅުމީހުން ނުކުމެ އޭނަ ސަލާމަތްކުރަން އުޅުނީތިއްޔާ، ކިތައްމެ ބޮޑު ކުށެއްގައިވެސް މީހަކު ހައްޔަރުކުރާއިރަށް އެމީހެއްގެ ދިފާއުގައި އިދިކުޅު މީހުން ނުކުންނަމުންދާތީއާ، ފުލުހުން އެއްވެސް ކަމެއް ރަނގަޅަށް ނުކުރާކަމަށް އިދިކޮޅު މީހުން ގޮވަމުންދާތީ.
1 މެއި 2017 | ހޯމަ 18:24
Marryyy
Fathinamadhukuran dhanikko hayyaru kuree. Namadhu kuran furusathu nudhee. Kihaavareh ge heki kuregen tha
1 މެއި 2017 | ހޯމަ 18:23
Marryyy
Fathinamadhukuran dhanikko hayyaru kuree. Namadhu kuran furusathu nudhee. Kihaavareh ge heki kuregen tha
1 މެއި 2017 | ހޯމަ 18:21
Ffghhhhh
Polihunna kameh nukurevuneema kommves meehaku hayyaru kura jeheynetha
1 މެއި 2017 | ހޯމަ 18:19
Rag GGG
Nuhaggun meehun hayyaru kurumaky beyinsaaf. Maaraali meehun nuhoadhunyma kusheh nukrameeha tha hayyaru kuran vee
1 މެއި 2017 | ހޯމަ 17:45
ޢެނަ
ތީ ޑްރާމާއަކަށް ނުވެއްޖެނަމަ ރަނގަޅު... ފެންނަނީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ހިންގާ ޕޭޖަކުން ޕްރޮފެސަރ އުގައިލް އަށް މަރުގެ އިންޒާރު ދިންތަން... ޖެހިގެން އައި ދުވަހު މި ފެނުނީ ، ސަރުކާރުން ޕްރޮފެސަރ އުގައިލް އަށް ދިރާސާކުރަން ދިން ރަށް ވަރަށް ކުއްލިގޮތަކަށް އަތުލައިފިކަމަށް ބުނި މަންޒަރު... ވީމާ، ދީނީގޮތުން ހައްދުފަހަނަޅާފަ ތިބިމީހުންގެ ބިލްބޯޑު އަޅުވައިގެން ސްޓޭޓް ގޭންގްރަޒިމް ގެ ޖައްބާރު ގަތުލު ތަޢް ހިންގުމުގެ ފަހަތުގައި މި އޮތީ އަދުގެ ސަރުކާރު ނޫން ދެން ކޮންބައެއްތޯ؟ މި ހަގީގަތް އެބަޖެހޭ ގަބޫލުކުރަން
1 މެއި 2017 | ހޯމަ 15:23
ޖާނޭ
ދެންދޫކޮއްލާފަ ބުނޭ އެއީ މައުލޫމާތެއް ސާފުކޮއްލީއޭ؟ ގުޅުމެއް ނެތޭ