Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 16:19
އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލުމަށް ފަހު، ބައެއް ލިޔުންތަކުގައި ހުޅުޖަހާފައި
އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލުމަށް ފަހު، ބައެއް ލިޔުންތަކުގައި ހުޅުޖަހާފައި
ރާއްޖެ އެމްވީ
ހުޅުޖެހުން
ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި
3،000 ޑޮލަރާއި 1،500 ޔޫރޯ އަދި 2،500 ރުފިޔާ ވަގަށް ގެންގޮސްފައިވޭ

ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، އެތަނުގައި ރޯކޮށްލައިފި އެވެ.

އާދީއްތަ ދުވަހު ފަތިހު ފަޅާލުމަށް ފަހު އަލިފާން ރޯކޮށްލާފައި ވަނީ، ސެމްސަންގް ޝޯރޫމް ހުންނަ ޗަންޕާ ބިލްޑިންގްގެ ހަ ވަނަ ފަންގިފިލާގައި ހުންނަ އައިލެންޑް ޕާލް ޕްރައިވެޓް ލިިމިޓެޑްގަ އެވެ.

އެ ކުންފުނީގެ ޑިރެކްޓަރެއްކަމުގައިވާ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ވ. އަތޮޅު ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އިސްމާއީލް ޝިހާބު ވިދާޅުވީ އެ ކުންފުނިން 3،000 ޑޮލަރާއި 1،500 ޔޫރޯ އާއި އަދި 2،500 ރުފިޔާ ވަގަށް ގެންދިޔަ ކަމަށެވެ. އޭގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ލެޕްޓޮޕާއި އޭނާގެ ޕާސްޕޯޓް ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބިދޭސީ މުވައްޒަފުންގެ ޕާސްޕޯޓްތައް ވެސް އަންދާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގަށް ނެގި ފައިސާއާއި ލެޕްޓޮޕްގެ އަގު ގާތްގަނޑަކަށް 100،000 ރުފިޔާއަށް އަރާނެ. މީގެ އިތުރުން އަލިފާން ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުން ވެސް ބޮޑުވާނެ،" އިސްމާއީލް ޝިހާބު ވިދާޅުވި އެވެ.

އައިލެންޑް ޕާލް އޮފީހުން ވައްކަންކޮށްފައިވަނީ އެ ތަނުގެ މައި ދޮރުގެ ބިއްލޫރި ގަނޑު ތަޅާލައިގެން އެތެރެއަށް ވަދެ އެވެ. 

ޝިހާބު ވިދާޅުވި ގޮތުގައި އެތަން ފަޅާލައި ވަނީ ފަތިހުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި ހެނދުނު މުވައްޒަފަކު އޮފީހަށް ދިޔައިރު ވެސް ބައެއް ލިޔުންތަކުގައި ހުޅުހިފާފައި ހުރި ކަމަށެވެ. އަލިފާންގަނޑު ނިއްވާލީ ސިފައިން ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް