Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 08:46
ޤާސިމް މިނިވަންކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި، ޔުމްނާ މައުމުނާއި ފާރިސް މައުމުނު ބައިވެރިވެވަޑައިގެން
ޤާސިމް މިނިވަންކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި، ޔުމްނާ މައުމުނާއި ފާރިސް މައުމުނު ބައިވެރިވެވަޑައިގެން
މުހައްމަދު ޝަރުހާން
ސިޔާސީ ބިރުދެއްކުން
ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީވެސް، މައްސަލަ އަނބުރާ ފޮނުވާލީވެސް ސިޔާސި މަޤްސަދެއް ހާސިލްކުރުމަށް: ޔުމްނާ މައުމޫނު
ފާރިސްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ކޮރަޕްޝަންގެ ތުހުމަތުގައި
ފާރިސްގެ މައްސަލަ އަނބުރާ ފޮނުވާލީ އިންތިހާބާއި ގުޅިގެން ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާރިސް ރިސްވަތުދެއްވި މައްސަލައެއްވެސް ގެންދަވަނީ ފުލުހުން ތަހުޤީޤްކުރަމުން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ސިޔާސީ މަޤްސަދެއްގައި ކަމަށާއި، އިންތިހާބު ކައިވެރިވެފައިވަނިކޮށް، ދައުވާ ނުކުރުމަށް ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލީވެސް ސިޔާސީގޮތުން ވަކި މަންފާތަކެއް ހާސިލްކުރުމަށް ކަމަށް ގަބޫލުކުރެވޭކަމަށް ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

 

ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ. ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގައި ބުނެފައިވާ ޖިނާއި މައްސަލަތަކުގައި ދައުވާ ކުރެވޭނީ ކުށްކުރި ތާރީހުން  ފެށިގެން އަށް އަހަރު ދުވަހުގެ ތެރޭގަ އެވެ. އަދި ޖުނުހުގެ ކުށްތަކުގައި ކުރެވޭނީ ތިން އަހަރު ދުވަހުގެ ތެރޭގަ އެވެ. ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީ 2007 އަދި 2008 ގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ކަމަށްވާއިރު، ގާނޫނުލް އުގޫބާތުގައި ބުނެފައިވާ މުއްދަތު ވަނީ ފަހަނަ އަޅައި ގޮސްފަ އެވެ.

 

ރާއްޖެޓީވީންކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ކުރިގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުއް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވީ، ފާރިސްގެ މައްޗަށް ދެ މައްސަލައެއް އުޅޭކަމަށެވެ. އެގޮތުން ފުރަތަމަ މައްސަލައަކީ، 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލަކަމަށާއި، އެކަމުގައި އޭސީސީއަށާއި ފުލުހުންގެ އިދަރާއަށް ފާރިސް ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށެވެ. އަދި ދެ ވަނަ މައްސަލައަކީ ރިޝްވަތުގެ މައްސަލަކަމަށް ޔުމްނާ ވިދާޅުވި އެވެ.

 

ޔުމްނާ މައުމޫނު ވިދާޅުވީ، "އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި މިއަދު ހަބަރުގައި މި އުޅޭ މައްސަލާގައި (2008ގެ އޮޑިޓް ރިޕޯޓްގެ މައްސަލަ) މި ނިންމުން މި ނިންމެވީ، މިއީވެސް ސިޔާސީ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ ކުރިއަސް މި އޮތީ ލޯކްލަ ކައުންސިލް އިންތިހާބުގެ ވޯޓުކަމަށްވާތީވެ ނިންމެވި ނިންމެވުމެއްކަމަށް އަޅުގަނޑަށް ގަބޫކުރެވެނީ. އެއީ އާންމު ރައްޔިތުންގެ ކުރިމަތީގައި ވަކި މަންޒަރެއް ދައްކާލުމަށް ނިންމި ނިންމެއްހެން އަޅުގަނޑަށް ގަބޫލުކުރެވެނީ. އަދި އަނެއް ތުހުމަތުވެސް އޮތްގޮތަށް އޮތީ" އެވެ.

 

ފާރިސްގެ މައްޗަށް ކޮރަޕްޝަންގެ ތުހްމަތުކޮށް މައްސަލަ ބަލަން ފެށީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް