Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 01:58
ޔާމީނުގެ ހަށިގަނޑު އެކްސްރޭ ނެގުމަށް ގެންދަނީ
ޔާމީނުގެ ހަށިގަނޑު އެކްސްރޭ ނެގުމަށް ގެންދަނީ
ރާއްޖެ އެމްވީ
ޔާމީނުގެ މަރުގެ މައްސަލަ
ޔާމީނަށް ހަމަލާދިން މީހުން ތިބީ ސިފަ ބަދަލުކޮށްގެން!
ޔާމީން މަރާލި މީހުން އެނގޭ ކަމަށްވެސް ފުލުހުން ބުނި

އަނިޔާވެރިގޮތަކަށް މަރާލާފައިވާ، ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޔާމީނު ރަޝީދުގެ ގާތިލުން ކަމަށް ބުނެ ފުލުހުން ހާމަކުރި މީހުން ތިބީ ސިފަ ބަދަލުކޮށްގެން ކަމަށާއި އެމީހުންނަކީ ކޮބައިކަމެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ބައެއް އޮންލައިން ނޫސްތަކުގައި ވަނީ، އެމީހުން ތިބީ ސިފަ ބަދަލު ކޮށްގެން ކަމަށާއި އެމީހުންނަކީ ކޮންބައެއް ކަން އަދި ޔަގީން ނުވާ ކަމަށް ފުލުހުން ޔާމީންގެ އައިލާއަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވާ ކަމަށެވެ.

 އެހެން ނަމަވެސް ޔާމީނު ރަޝީދުގެ މަރާއި ގުޅޭ ގޮތުން މިމަހުގެ 25 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ޔާމީން މަރާލި މީހުން ދެނެގަނެވިފައިވާ ކަމަށާއި، ސީސީޓީވީ ފުޓޭޖް ބެލުމުން އެކަން އެނގޭ ކަމަށެވެ. އިންސާފުގެ ކުރިމައްޗަށް އެމީހުން ހާޒިރު ކުރާނެ ކަމަށްވެސް އެދުވަހު ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޔާމީނަށް ހަމަލާދިން މީހުން ސިފަ ބަދަލު ކޮށްފައިވާ ކަމަށް ފެތުރެމުންދާ ޚަބަރާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް އާ ސުވާލު ކުރުމުންވަނީ، މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އަދި މި މައްސަލަ އަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޔާމީނުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ދެމީހަކު ފެންނަ ސީސީޓީވީ އިން ނަގާފައިވާ ވީޑިއޯއިން ކެޕްޗަރ ކޮށްފައިވާ ދެ ފޮޓޯ އާއްމުކޮށްފަ އެވެ. 

ޔާމީން މަރާލި މީހުން އެނގޭ ކަމަށް ކުރިން ފުލުހުން ހާމަ ކުރުމަށްފަހު، މިހާރު އެމީހުން ނޭގޭ ކަމަށް ފުލުހުންބުނާ ޚަބަރު އާއްމު ވުމުން އާއްމުންގެ ގިނަ ބަޔަކު ގެންދަނީ ފުލުހުންނާ އަމާޒުކޮށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ޔާމީން މަރާލި މައްސަލައާއި ގުޅިގެން މިހާތަނަށް މިދެ މީހުންގެ ފޮޓޯ ފިޔަވާއި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ.

ޔާމީން މަރާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އޮފީހުން ގެޔަށް އައިސް ވަތް ވަގުތު ހަމަލާދީގެންނެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ވަނީ ޚާއްސަ ޓީމެއް އެކުލަވާލާފަ އެވެ.

ޔާމީން އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައާ ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުންނާއި، އެތައް ޖަމްއިއްޔާތަކަކުންވަނީ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
1 މެއި 2017 | ހޯމަ 15:31
ލައިޓް ހަމިއްޓެ
ޖޯކް އޮފް ދަ އިޔަރ ! . ދެން ބުނާނީ ކޮފީ އެޅިފައޭ؟؟؟
1 މެއި 2017 | ހޯމަ 10:57
މަ
އެމީހުން ކޮންބައެއްކަން ނޭގި ސިފަ ބަދަލު ކުރިކަން ފުލުހުންނަ އިނގެނީ ކިހިނެއްބާ؟