ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޢަބްދުﷲ ރިޔާޒް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ކުރިން ޕޮލިސް ކޮމިޝަނަރކަން ކުރައްވާފައިވާ ޢަބްދުﷲ ރިޔާޒް ފުލުސް އޮފީހަށް މިފަހަރު ހާޒިރު ވުމަށް އަންގާފައިވަނީ އާދީއްތަ ދުވަހުގެރޭ (މިރޭ) 8:30 ގައެވެ.
ޢަބްދުﷲ ރިޔާޒްވެސް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.
ޢަބްދުﷲ ރިޔާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުން ތަހުގީގް ކުރަމުންދާ މައްސަލައެއްގައި ސުވާލުކުރަން ބޭނުންވާތީ މިރޭ 8:30 އަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުވުމަށް އަންގަވާފައިވާ ކަމަށެވެ.
ޢަބްދުﷲ ރިޔާޒްވެސް އަދި ފުލުހުންވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
Fuluhun thahqeeq kuramundhaa massalaehgai suvaalkuran beynunvaatheeve mirey 8:30pm ah MPS ah haaziruvumah angavaifi!
— Abdulla Riyaz MP (@riyazabdulla) April 30, 2017
މިފަހަކަށް އައިސް ވަރަށް ގިނަ ފަހަރު ޢަބްދުﷲ ރިޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރުމަށްފަހު މިހާރު ވަނީ ޝަރީއަތް ކުރުމަށްޓަކައި ކޯޓަށްވެސް މައްސަލަ ފޮނުޗާފައެވެ. އަދި ފޯނުގެ ލޮކްކޯޑް ފުލުހުންނަށް ނުދިންކަމަށް ބުނެ ކުރިއަށްގެންދާ މައްސަލައިގާ މިހާރު ވަނީ ހުކުމްކުރުމަށް ގާތްވެފައެވެ.