Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 17:00
އެމްޑިޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
އެމްޑިޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބް
އިންތިހާބުގައި ވަގު ވޯޓް އެޅުމަށް މަސައްކަތް އެބަ ކުރޭ: ޝިފާޒް
އިންތިހާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް އެބަ ކުރޭ
ވޯޓް ފޮށި ރައްޔިތުންގެ ލޯ ކުރިމަތިން ގެއްލިގެން ނުވާނެ
އިންތިހާބު އޮންނާނީ މެއި 6 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވަގު ވޯޓް އެޅުމަށް މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

 

ތަކަންދޫ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަމުން ޝިފާޒް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިވާ މަންޒަރު ބަލަން އެމަނިކުފާން ހުންނަވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. ކައުންސިލް އިންތިހާބު ލަސްކޮށްފައި ވަނީ ވެސް އެމަނިކުފާނަން އިންތިހާބަށް ތައްޔާރުނުވެވޭތީ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

 

އެހެންކަމުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުން ފެނިގެންދާ މަންޒަރުން ހާމަވަނީ ރައީސް ޔާމީންނަން ރައްޔިތުންގެ ތާއިދު ނެތްކަން ކަމަށްވާއިރު، ދެން މަސައްކަތް ކުރާނެ ކަމަށް ބެލެވޭނީ އިންތިހާބުގެ ނަތީޖާ އޮޅުވާލަން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

 

ވޯޓްލާ މަރުކަޒުގައި ކަން ހިނގާ ގޮތް ހާއްސަ ނަޒަރަކުން ބަލަންޖެހޭ ކަމަށާއި ވޯޓް ފޮށި ރައްޔިތުންގެ ލޯ ކުރިމަތިން ގެއްލިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓްލާ މަރުކަޒަށް ފުލުހުންނާއި ސިފައިންނަން އެބޭފުޅުން ބޭނުންކުރާ ކާޑު ދައްކާލުމަށް ފަހު ވަދެވޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ފާހަގަކުރަމުން ޝިފާޒް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ އަމަލުތައް ހުންނަން ގޮތުން އިންތިހާބް އިންސާވެރިކަމާއި އެކު ކުރިއަށް ގޮސްފާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

 

"އިންތިހާބުގެ ވޯޓް ފޮށި ރައްޔިތުންގެ ލޯމަތިން ގެއްލިގެން ނުވާނެ، ވޯޓް ކަރުދާސް ކޮޅު ހިފައިގެން ފާހަގަޖަހަން ގޮސްފައި، އެހެން ކަރުދާސް ކޮޅެއް ޖީބުން ނަގައިގެން ވޯޓް ފޮއްޓަށް ވެސް ލާފާނެ" ޝިފާޒް ވިދާޅުވިއެވެ.

 

އާބާދީގައި 965 މީހުން ދިރިއުޅޭ ތަކަންދޫން ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެރަށުގެ ކައުންސިލްގެ ގޮނޑިތަކަށް ޖުމްލަ 5 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފައެބވެ. އެއީ އެމްޑީޕީގެ ތިން ކެނޑިޑޭޓުންނާއި ޕީޕީއެމްގެ 2 ކެންޑިޑޭޓުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 އޭޕްރިލް 2017 | އާދީއްތަ 19:31
ޕްރިންސެސް
he he....thiyaee yageen kameh..