Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 10:57
އެމްޑީޕީ ޓީމް ތ.އަތޮޅަށް ފުރުން
އެމްޑީޕީ ޓީމް ތ.އަތޮޅަށް ފުރުން
ރާއްޖެއެމްވީ
އެމްޑީޕީ
ތ.އަތޮޅުގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފި
ކައުންސިލް އިންތިޙާބު އޮތީ މެއި ހަޔެއްގައި
މިކެމްޕެއިން ދަތުރު ނިންމާލާނީ މެއި ދެވަނަ ދުވަހުގައި

ލޯކަލް ކައުންސިލް އިންތިޙާބުގައި އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކޮށްފި އެވެ. 

 

މިކެމްޕެއިންގައި އެމްޑީޕީގެ ޓީމް ތ.އަތޮޅުގެ ހަތަރު ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. 

  

އެގޮތުން މިޓީމް ތ.އަތޮޅަށް ފުރާފައިވަނީ އޭޕްރީލް ތިރީސް ވަނަ ދުވަހުގެ ހެނދުނުގައެވެ. އެމްޑީޕީން ކުރާ މިދަތުރުގައި ލޯކަލް ކައުންސިލް އިންތިޙާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ތ.އަތޮޅުގެ ދިޔަމިގިލި މަޑިފުށި ބުރުނީ އަދި ވިލިފުއްޓަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. 

 

އަދި މަޑިފުށްޓާއި ވިލިފުށީގައި ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު ކޮންމެ ރަށެއްގައިވެސް ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާއާްި ހިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. 

 

މިމަހުގެ ތެރޭގައިވެސް ތ.އަތޮޅަށް އެމްޑީޕީން ވަނީ ދަތުރުކޮށްފައެވެ. ލޯކަލް ކައުންސިލް އިންތިޙާބަށް ކެމްޕެއިން ކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީން ގެންދަނީ ހަރަކާތްތައް ހިންގަމުންނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް