Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 09:27
ތޯރިޤް ވާހަކަ ދައްކަވަނީ
ތޯރިޤް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ވެލިދޫ ޖަލްސާ
އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް
ގައުމު އިސްލާހު ކުރުމުގެ ޒިންމާ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ކޮނޑުފުޅުގައި ވަނީ އެޅިފައި
ހަތަރު ލީޑަރުން ގުޅިގެން މަސައްކަތް ކުރަން ފެށުމުން ރައްޔިތުން ވިސްނާލަން ޖެހޭ

އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން މައުމޫން އަބްދުލް ގައްޔޫމް ނުކުމެވަޑައިގަތުމަކީ މިޤައުމު ސަލާމަތް ކުރުމަށް އެމަނިކުފާނު ޖިހާދަށް ނުކުންނެވުން ފަދަ ކަމެއް ކަމުގައި ޤަބޫލުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.

ތޯރިޤް މިހެން ވިދާޅުވީ އަންނަ މަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ނ ވެލިދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް ރައީސް މައުމޫނަށް ޓަކައި ފަޚުރުވެރިވަން. އެމަނިކުފާނު އަޅުގަނޑުމެންނާއެކުގައި މިއިސްލާހީ މަސައްކަތުގައި ނުކުމެވަޑައިގެންނެވިކަމީ މި އިސްލާހީ މަސައްކަތުގައި އެމަނިކުފާނުވެސް ޖިހާދު ކުރައްވަން ނިކުމެވަޑައިގެންނެވިކަން" ތޯރިޤް ވިދާޅުވިއެވެ.

މިޖަލްސާގައި ތޯރިޤް ވިދާޅުވީ އިސްލާހީ މަސައްކަތް ކުރުމަށް ޕާޓީތައް ގުޅިފައިވާ ސަބަބާމެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށާއި ރައީސް ނަޝީދާއި ރައީސް މައުމޫން ގުޅިވަޑައިގެން، އެކުގައި މަސައްކަތް ކުރައްވަފާނެކަން މީގެ ކުރިން އެކަކުވެސް ޤަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދާއި ޝެއިޚް އިމްރާން ގުޅިވަޑައިގެން އެއް ޕްލެޓްފޯމެއްގައި މަސައްކަތް ކުރައްވަފާނެކަމަށްވެސް އެކަކު ވެސް ކުރިން ޤަބޫލެއް ނުކުރާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ. ތޯރިޤް ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން މަސައްކަތް ކުރައްވަން އެކުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ކީއްވެގެންތޯ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމަށާއި އެކަމުގައި ކޮންމެވެސް ސަބަބެއް އޮންނާނެ ކަމަށެވެ. އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ޙަޤީގަތަކީ މިރާއްޖެ ފާލުން ނައްޓައިފިކަން ކަމަށާއި މިރާއްޖެ ހަލާކުގެ މަގަށްދާ ކަމަށް ތޯރިޤް ވިދާޅުވިއެވެ

މިރާއްޖެ ހަމައަކަށް އެޅުވުމުގެ އެންމެ ބޮޑު ޒިންމާއެއް އެޅިފައިވާ ބޭފުޅުންނަކީ ހަތަރު ލީޑަރުން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް