ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 04:18
ފުލުހުންގެ ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ 24 އޭޕްރިލްގައި
ފުލުހުންގެ ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ 24 އޭޕްރިލްގައި
ރާއްޖެއެމްވީ
މޯލްޑިވްސް ޕޮލިސް ސަރވިސް
މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް
ފުލުހުންގެ ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ 24 އޭޕްރިލްގައި
މާލެ ބެލެހެއްޓުމުގައި އިތުރު ފުލުހުން ހަރަކާތްތެރި ވަމުން ދާނެކަން ފުލުހުން ވަނީ އިއުލާންކޮށްފައި
މި އޮޕަރޭޝަން ފަށާފައިވަނީ ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލިތާ އެއް ދުވަސް ފަހުން

އޭޕްރިލް 24ގައި, ފުލުހުން ފެށި ހާއްސަ އޮޕަރޭޝަން އަދިވެސް ކުރިއަށްދާކަމަށް ފުލުހުން ބުނެފިއެވެ.

ހޯމަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފެށި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ގިނަ ފުލުހުންތަކެއް ހަރަކާތްތެރި ވަމުންދިޔަ ތަން ފުރަތަމަ ތިން ދުވަހު ފެނިގެން ދިޔަ އެވެ. ނަމަވެސް ހޮނިހިރު ދުވަހު މަގުމަތީގައި ފުލުހުން ނެތްކަން ވަނީ ފާހަގަކުރެވިފައެވެ.

ހާއްސަ އޮޕަރޭޝަން ނިމުނީތޯ ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުން ހޮނިހިރު ދުވަހު ވިދާޅުވީ، "އޮޕަރޭޝަން ދަނީ ކުރިއަށް"ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރައްވައެވެ.

މާލެ ބެލެހެއްޓުމުގައި އިތުރު ފުލުހުން ހަރަކާތްތެރި ވަމުން ދާނެކަން އިއުލާން ކުރަމުން ފުލުހުން ހޯމަ ދުވަހުގެ ރޭ ކުރި ޓްވީޓްގައިވަނީ އޮޕަރޭޝަންގައި "މީހުންނާއި ސުވާލު ކުރުމާއި، ބަލާފާސްކޮށް ސާމްޕަލް ކަލެކްޓް ކުރެވޭނެ"ކަމަށް ބުނެފައިވެ އެވެ. 

މި އޮޕަރޭޝަން ފަށާފައިވަނީ ރަހުމު ކުޑަ ހަމަލާއެއްގައި ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލިތާ އެއް ދުވަސް ފަހުންނެވެ.

- ކޮމެންޓް
30 އޭޕްރިލް 2017 | އާދީއްތަ 00:56
ޑަނހިލް މޭން
އެހެން އިބާރާތަކުން ނަމަ 'މަގުމައްޗަށް ނެރުނު ޓްރޭނިންގ ބެޗު އަނެއްކާ ފުރައިފ - ސިޔާސީ މީހުން ފަހާ ދުވަވުން މީހަމަ ވާވަރު'