Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 04:16
ފުލުހުން އެކްސިޑެންޓެއް ތަހުގީގް ކުރުމުގައި: މިރޭ ވަނީ ޒުވާނަކު މަރުވެފައި
ފުލުހުން އެކްސިޑެންޓެއް ތަހުގީގް ކުރުމުގައި: މިރޭ ވަނީ ޒުވާނަކު މަރުވެފައި
ރާއްޖެ އެމްވީ
ޒުވާނަކު މަރުވުން
ލ އިސްދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
މަރުވީ 27 އަހަރުގެ ޒުވާން ފިރިހެނެއް
އެކްސިޑެންޓް ހިނގީ ސައިކަލް ކަހާލައިގެން
މަރުވީ ސިއްހީ މަރުކަޒަށް ގެންދިއުމުގެ މަގުމަތީގައި

ލ އިސްދޫގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުންވެސް މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި މަރުވީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. 

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 9:21 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އިސްދޫ ބޮޑުމަގުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ކަމަށެވެ.  އެސައިކަލްގައި އިނީ މަރުވި މީހާ އެކަނިކަމުން އިތުރު މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ސައިކަލްގައި އިން ޒުވާނާ މަރުވީ ސިއްހީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް