Advertisement
ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 23:41
މާފަންނު ދެކުނު ދައިރާ ކެމްޕެއިން ކަރަކާތް
މާފަންނު ދެކުނު ދައިރާ ކެމްޕެއިން ކަރަކާތް
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބު
އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި
މާފަންނު ދެކުނު ދައިރާގެ ކެންޑިޑޭޓަކީ ހުސައިން ޝަރީފު
މި ހަރަކާތުގައި މާފަންނު ދެކުނު ދައިރާގެ ރައްޔިތުން ވަނީ ބައިވެރިވެފަ

ކައުންސިލް އިންތިހާބުގައި އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ވާދަކުރާ ހުސައިން ޝަރީފުގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

މާފަންނު "ސިޓީ ހޮޓާ" ސަރަހައްދުގައި ބޭއްވި މި ހަރަކާތުގައި ކައުންސިލް އިންތިހާބުގެ މާލޭ ސިޓީގެ ކެންޑިޑޭޓުންގެ އިންތިހާބާބެހޭ ކޯޑިނޭޓަރު ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގަތެވެ.

ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި މާފަންނު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތާ ގުޅޭ ގޮތުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ، ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކެމްޕެއިން ހަރަކާތްތަކެއް ރޭވުމަށް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސް ތަކުގައި ކެމްޕެއިން ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށެވެ.

 ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ދުވަހު ސަރަހައްދުގެ ހުރިހާ ރައްޔިތުން ނުކުތުމަށް މުސްތަފާ ގޮވާލެއްވި އެވެ. 

ވޯޓުލާ މީހުންނާއި ބައްދަލު ކުރުމަކީ އެމްޑީޕީ ކެމްޕެއިން ހަރަކާތުގެ އެންމެ މުހިއްމު މަސައްކަތް ކަމަށާއި އެ މަސައްކަތް އެންމެ ފަހު ވަގުތަކާ ހަމައަށްވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ، މެއި އެއްވަނަ ދުވަހު އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިހާބަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުން ހިމެނޭ ގޮތަށް ޕްރެސް ކޮންޕަރެންސެއް ބާއްވައި، ރައްޔިތުންނަށް އިތުރަށް ކަންކަން އޮޅުން ފިލުވާދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އޭގެ އިތުރަށް ހުއްދަ އެދޭނަން ހަތަރުފުރުޅުލީ އުޅަނދުގައި ނިކުމެ ފްލަޔާސް ބެހުމަށް. މެއި ހަތަރު ވަނަ ދުވަހު އެފަދަ ހަރަކާތެއް ބާއްވާން އެބަ ރާވަން.  އަދި  ކޮންމެ ރަށެއްގެ ހުރިހާ ކެންޑިޑޭޓުން ބައިވެރިވެގެންވެސް ޚާއްސަ ހަރަކާތްތައް ރޭވުމުގެ މަސައްކަތް ދަނީ ކުރިއަށް." މުސްތަފާ ވިދާޅުވި އެވެ.

މި ކެމްޕެއިން ހަރަކާތާއި ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދައިރާއަށް ކުރިމަތި ލައްވާ، ހުސައިން ޝަރީފު ވިދާޅުވީ، މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، އެރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވާފައިވާ ކަމަށެވެ. އަދި ކައުންސިލަށް ހޮވިއްޖެ ނަމަ ކައުންސިލުން ރައްޔިތުންގެ ތަރައްގީއަށް ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް